ދުނިޔެއަކީ ވަށް ތަނަކަށްވާއިރު "ދުނިޔޭގެ ކޮޅު"ގެ ގޮތުގައި ވަކި ތަނެއް ހިޔާލަށް ގެނައުމަކީ އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް ހުޅަނގު އޮސްޓްރޭލިއާގެ ބުންޑާ ކްލިފްސްއަކީ "އެންޑް އޮފް ދަ ވޯލްޑް"ގެ ގޮތުގައި މަޝްހޫރު ވެފައިވާ ތަނެކެވެ.

ގާތްގަނޑަކަށް 270،000 އަކަ ކިލޯމީޓަރުގެ ބޮޑު އެ "ކްލިފް"އަކީ ދުނިޔޭގައި އެއް ބިމަކަށް ފެތުރިފައިވާ އެންމެ ބޮޑު "ކްލިފް" އެވެ.

މިއީ ހަތަރެސްކަނަށް ކުރަހާފައިވާ ދުނިޔޭގެ ޗާޓަކަށް ބަލާއިރު ދުނިޔޭގެ އެންމެ ހުޅަނގަށް އޮތް ބިމެވެ. އޭގެ ހުޅަނގުން ދެން އޮންނާނީ ސައުތު ޕޯލް އެވެ.

ބުންޑާ ކްލިފްސް

އޮސްޓްރޭލިއާގެ ބުންޑާ ކްލިފްސްއަކީ ގުދުރަތީ ގޮތުން މުއްސަނދި ސިފަތަކެއް ލިބިފައިވާ ތަނެއްކަން ފާހަގަކޮށްލަން ޖެހެ އެވެ.

އެ ތަނުގައި މާ ގިނަ ގަސްގަހާގެހި ނެތް ނަމަވެސް އެ ބިމުގެ ވެއްޔަކީ ގިނަ މައުދަންތަކެއް އެކުލެވޭ ފެންވަރު ރަނގަޅު ވެއްޔެއް ކަމަށް ބުނެވެ އެވެ.

އެއާއެކު ފަރުބަދައިގެ ތިރިން ފެންނަ ހުދު ބަޔަކީ ދުނިޔެއިން މަދުން ނޫނީ ނުފެންނަ ލައިމްސްޓޯންއެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.

ބުންޑާ ކްލިފްސް

ބުންޑާ ކްލިފްސްގެ އުސް މިނުގައި 120 މީޓަރު ހުންނައިރު އެ ތަނުގެ ރީތި މަންޒަރުތައް އޮސްޓްރޭލިއާގެ ނުލަބޯރް ޕްލެއިންސްގެ އެކި ހިސާބުތަކުން ފެނެ އެވެ.

އެ ފަރުބަދައިގެ ކޮޅުގައި ހުންނަ މީހަކަށް ދުނިޔޭގެ އެންމެ ހުޅަނގު ކަނޑުގެ ރީތި މަންޒަރުތައް ފެންނާނެ އެވެ.

އެ ސަރަހައްދަކީ ކޮންމެ އަހަރަކު ވެސް ބޮޑުމަސް އެއް ކަނޑުން އަނެއް ކަނޑަށް ހިޖުރަކުރާ މަގު ހިމެނޭ ސަރަހައްދަށް ވުމާއެކު ބައެއް ދުވަސްވަރުގައި އެ ސަރަހައްދުން ބޮޑު މަސް ވެސް ފެނެ އެވެ.

ބުންޑާ ކްލިފްސް

ބުންޑާ ކްލިފްސްއަށް ޒިއާރަތްކުރާ މީހުން ބުނާ ގޮތުގައި އެތަނުގައި ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ހިތަށް ހިތްހަމަޖެހުން ގެނެސްދީ ރޫހާނީ އުފާ ލިއްބައިދޭ ކަމެކެވެ.