ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަގާމުން ދުރުކުރުމުގެ މަޝްވަރާތަކެއް ޕީއެންސީގެ މަޖިލިސް މެމްބަރުންތަކެއް ފަށައިފި އެވެ.
ޕީއެންސީގެ ބައެއް މަޖިލިސް މެމްބަރުން "ހުރިހާ"އަށް ކިޔައިދިންގޮތުގައި އަބްދުއްރަހީމް މަގާމުން ވަކިކުރުމުގެ ނުރަސްމީ މަޝްވަރާތަކެއް މިހާރު ކުރިއަށްދާ ކަމަށެވެ.
"އެހެންނަމަވެސް އަދި ނުނިންމާ އަބްދުއްރަހީމް މަގާމުން ވަކިކުރާކަށް. މަޝްވަރާތައް ކުރިއަށްދަނީ،" ޕީއެންސީގެ މަޖިލިސް މެމްބަރަކު ވިދާޅުވި އެވެ.
އެ މެމްބަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަބްދުއްރަހީމްގެ ގުޅުން ގޯސްވެފައިވާ މިންވަރަށް ބަލާއިރު، އިތުރަށް މަޖިލީހުގެ ރައީސްކަމުގައި އޭނާ ބަހައްޓާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސްކަމަށް ގެންނާނެ ކަމަށް ބެލެވެނީ މަޖިލީހުގެ މިހާރުގެ ނައިބު ރައީސް އަހްމަދު ނާޒިމް ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.
މިހާރު ޗުއްޓީގައި އޮތް މަޖިލީހުގެ ޖަލްސާތައް ފެށޭނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.
އަބްދުއްރަހީމާއި ރައީސް މުއިއްޒާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެ ރައީސް މުއިއްޒު މިއަދު ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އޭނާގެ ދަރިކަލުން އިބްރާހީމް ފައިސަލް މަގާމުން ވަކިކުރައްވާފަ އެވެ.
ތިޔަށްކިޔަނީ ދެބޯގެރި ދުއްވުން. އެއްކަމެއްވެސް ނުހިނގާ އަދިއެއް
ރިޕްލައިމިޓިނުގަޑު މިފަހަރު ނައްޓާނެ ޔަގީން
ރިޕްލައިހުރިހާފަހަރަކު މުއިއްޒެއްކަމަކު ކަތިފިޔަވަޅެއް ނާޅާނެތާ، ކުރިންވެސް ކާންދޭއަތުގައި ދަތްއެޅިގޮތަށް މުއިއްޒުއަތުގައިވެސް ދަތްއެޅުންއޮތީ ވަރަށްގާތުގައިކަން މުއިއްޒުއަށް އެނގުނުހިސާބުން އަވަހަށް ފުރަތަމަ އެޖަހާލީ ހުޅުނބު ،ދެންއޮތީ ޅިޔަޖަހާލާފައި ފުނޑިމިރުސް އުނގުޅާލުމަށްފަހު ރޯސްކޮށްލުން، މިތަރުތީބަށް ބަލާނަމަ މިކަމަށް އަދި ވަގުތުކޮޅެއްނަގާނެ،ދިވެހި އަސާރަފުޅިއެއް ހުތްވެ ސީރާވާންވެސް މަދުވެގެން ތިންހަތްދުވަސް ނަގާނެ.
ރިޕްލައި