އެމެރިކާގައި ޓިކްޓޮކްގެ މުސްތަގްބަލް ނޭނގުމެއްގެ ތެރޭގައި އޮތް މި ދަނޑިވަޅުގައި އިންސްޓަގްރާމުން ޓިކްޓޮކްއާ އެއްގޮތް ކަންތައްތަކަކާއެކު އަޕްޑޭޓެއް ނެރެފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އިންސްޓްގްރާމްއިން ރިލީޒްކުރި އެންމެ ފަހުގެ އަޕްޑޭޓްގައި ޓިކްޓޮކްއާ ވައްތަރު ފީޗާސްތަކެއް ހިމަނާފައިވެ އެވެ. އެގޮތުން އެންމެ ފަހުގެ އަޕްޑޭޓްގައި ކުރު ވީޑިއޯތަކާއި ރީލްސްތަކަށް ހާއްސަ ހިދުމަތްތަކެއް ތައާރަފް ކޮށްފައިވާނެ ކަމަށް އިންސްޓަގުރާމުން ބުނެ އެވެ.
އިންސްޓަގްރާމުން މި އަޕްޑޭޓް ނެރެފައި މިވަނީ އެމެރިކާގައި ޓިކްޓޮކް މަނާކޮށް އެގައުމުގައި އެ އެޕްލިކޭޝަނަށް ނުވަދެވޭ ގޮތް ހަދާފައިވާ ދަނޑިވަޅެއްގަ އެވެ.
ނިމިދިޔަ ބައިޑަންގެ ސަރުކާރުން ޓިކްޓޮކް މަނާކުރަން ނިންމައި އެކަން ތަންފީޒުކުރި ނަމަވެސް އަލަށް އިންތިހާބުވި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާއަށް ޓިކްޓޮކް އަލުން ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ޓިކްޓޮކްއަކީ ޗައިނާގެ ކުންފުންޏަކަށްވާއިރު އިންސްޓަގްރާމްއަކީ ހުޅަނގުގެ ކުންފުންޏެކެވެ. އެހެން ކަމުން ހުޅަނގުގެ ސަޕޯޓު އިންސްޓަގްރާމަށް ލިބޭނެ ކަމަށް ބެލެވެ އެވެ.
ފޯނު ސިގްނަލް ނުލިބޭ އިޓަލީގެ ސިއްރު ހުވަފެނީ މަންޒިލެއް!
ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ރިޓަޔާކުރައްވައިފި
އެމެރިކާގެ މިސައިލް ދިފާއީ ނިޒާމަށް ބުރޫ އެރުމުގެ ބިރު ބޮޑުވެއްޖެ