ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކަށް ޓީޗަރަކު އަނިޔާ ކުރި މައްސަލަ ފުލުހުންނަށް ހުށައަޅައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑެއްގައި ތައުލީމް ހާސިލްކުރަމުންދިޔަ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރިކަމަށް ސްކޫލްގެ ފަރާތުން އެ މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން އެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.
ދަރިވަރަކަށް ދިމާވި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް މިފަދަ އަނިޔާ ދިނުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި މި ފަދަ މައްސަލަތައް އެ މިނިސްޓްރީގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ޒިންމާދާރުކަމާއެކު ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް އުފާވެރި އަމާން މާހައުލެއްގައި ދަރިވަރުން ތައުލީމު ހާސިލްކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ޓީޗަރުން އިލްތިމާސްކުރައްވާފަ އެވެ.
ދަރިވަރުންނަށް އަނިޔާ ކޮށްގެން މީގެ ކުރިން ވެސް ޓީޗަރުން ސަސްޕެންޑް ކޮށްފައިވެ އެވެ.
ވޯލްޑް ކަޕާ 2026: ކޮންމެ މެޗެއްގެ ކުރިން ބޯޅަ "ޗާޖު" ކުރަން ޖެހޭ!
ނަފްސާނީ އެހީއަށް އޭއައި: ފުރާވަރު ކުދިންނަށް ބޮޑު ނުރައްކަލެއް!
ވޯލްޑް ކަޕްގެ ތަފާތު ދެ ގައުމަކަށް ކުޅޭ ދެބެއިން!