ޒަހަމް ތަކަކާ އެކު މާލޭގެ މަގެއްގެ މަތީގައި އޮއްވާ ފެނުނު މީހަކަށް ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނެފައިވަނީ ސެނެހިޔާ ހޮސްޕިޓަލް ސަރަހައްދުން މަގުމަތިން ޒަހަމްތަކަކާ އެކު އޮތް މީހަކު ފެނިގެން ފުލުހުންނަށް މިއަދު ހެނދުނު ރިޕޯޓްކޮށްފައިވާ ކަަމަށެވެ.
ޒަހަމް ތަކަކާއެކު ފެނުނީ ދިވެހި ފިރިހެނެއް ކަމަށެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެ މީހާއަށް ފަރުވާ ދިނުމަށް ސެނެހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މިނިވަން ނޫސްވެރިކަމުގެ އިންޑެކްސް އިން ރާއްޖެއަށް ވެއްޓުމެއް
ޗެއާޕާސަންގެ އިންތިހާބު ފަސްކުރަން ގަޕޯ ހުށަހަޅުއްވައިފި
މިފްކޯގެ އެމްޑީ ކަމަށް ޕީސީބީގެ ކުރީގެ ރައީސް އަނަސް