އާއްމުކޮށް ދިވެހިން ދުފަން ބޭނުންކުރާ ފޯއް ސާފުތާހިރުކަން ކުޑަކޮށް ތައްޔާރުކުރަމުން ދިޔަ ބިދޭސީއެއް އިމިގްރޭޝަނުން ހުއްޓުވައިފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ލިބުނު ރިޕޯޓަކާއި ގުޅިގެން ރޭ ޓާސްކުފޯހުން މާލޭގެ ހެންވޭރުގައި ހުންނަ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެ ތަނަކީ އާންމު މިންގަނޑުތަކާއި ހިލާފަށް ދިވެހި އުފެއްދުންތައް ވިޔަފާރީގެ ބޭނުމަށް ތައްޔާރުކުރަމުންދާ ތަނެއްކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެތަނުން ވަނީ ފިހާރަތަކުން އާންމުކޮށް ލިބެންހުންނަ ގިނަ ބާވަތްތަކުގެ ކާބޯތަކެތި ފެނިފައިކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
ގަވާއިދާ ހިލާފަށް އެ މަސައްކަތް ކުރަމުން ދިއަ ބިދޭސީ މީހާ މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި އެވެ.
މި އަހަރު ކުރީކޮޅުވެސް އިމިގްރޭޝަނުން ވަނީ މިފަދަ މަސައްކަތްތައް ކުރަމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން ހުއްޓުވާފަ އެވެ. އޭގެ ފަހުން ފިހާރަތަކުގައި އެކި ބާއްވަތުގެ ކާބޯތަކެތި ވިއްކަން ބެހެއްޓޭނީ ވަކި ހުއްދައެއް ނަގައިގެންކަމަށް ސަރުކާރުން ނިންމި އެވެ.
މިކަން ހުއްޓުވޭނީ މިފަދަ ތަކެތި ވިއްކާ ފިހާރަތައް މިކަމުގައި ޒިންމާ ކުރެވިގެން. އިކޮނޮމިކް މިނިސްޓްރީއިން މިކަމާއި ގުޅިގެން ހަދަންޖެހޭ ޤަވާއިދުތައް ހަދާ ތަންފީޒު ކުރެވިގެން. މިހާރު ގިނަ ފިހާރަތަކުގައި ތަކެތީގެ އަގުޖެހުންވެސް ދަނީ ހުއްޓެމުން. ބަލާނެ ބަޔަކު ނެތް.
ރިޕްލައި