ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް 240،000 ރުފިޔާގެ ގޭމިން ރޫމް ހަދިޔާކޮށްފި އެވެ.
ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ދެ ގޭމިން ރޫމް ވަނީ ހަދިޔާކޮށްފަ އެވެ. އެގޮތުން ހަދިޔާގެ ގޮތުގައި ދިން މި ދެ ގޭމިން ރޫމުގެ ޖުމުލަ އަގަކީ 240،000 ރުފިޔާ އެވެ.
އެޗްޑީސީގެ މުވައްޒަފުން އިސްނަގައިގެން ހިންގި މި ހަރަކާތުގައި ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަދި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަސް މި ގޭމިން ރޫމްތައް ހަވާލުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.
ފިޔަވަތީގެ ފަރާތުން މި ހަދިޔާއާ ހަވާލުވެ ވަޑައިގެންނެވީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސްމާ ހަސަން މަނިކެވެ.
އޭނާ ވިދާޅުވީ މި ގޭމިން ރޫމްތަކަކީ ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް މުހިންމު އަދި ބޭނުންތެރި އެއްޗެއް ކަމަށެވެ.
އެޗްޑީސީން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ފިޔަވަތި ފަދަ ތަންތަނަށް އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
ޖެކީ ޗެންގެ މިލްކިއްޔާތުން ދަރިންނަށް ހިއްސާއެއް ނެތް!
ހަށިގަނޑުން ނުބައި ވަސް ދުވާނަމަ ޑޮކްޓަރަށް ދެއްކުން އަވަސްކުރޭ!
ކެއިންބުއިމުގައި ދޮންކެޔޮ ހިމަނަންވީ 5 ސަބަބެއް!