ގއ. ދާންދޫ މަގުމަތީގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މަރުވެފައި އޮއްވައި ފެނިފައިވަނީ އެ ރަށު ނަގަހެލަ، އަހުމަދު އަބްދުﷲ 33، އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 8:10 ހާއިރު އޭނާ ފެނުނީ ދާންދޫ ފެނަކަ ބްރާންޗުގެ ހުޅަނގު ފަރާތު މަގުމައްޗަށް ވެއްޓިފައި އޮއްވައި ކަމަށެވެ.
އޭނާ އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ސެންޓަރާ ހަވާލާދީ ފުލުހުން ބުނެ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެމެރިކާގެ މިސައިލް ދިފާއީ ނިޒާމަށް ބުރޫ އެރުމުގެ ބިރު ބޮޑުވެއްޖެ
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!