މީހެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށް ފައިސާ ހޯދަމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ކަމަށެވެ.
ހެކް ކޮށްފައިވަނީ އަންހެނެއްގެ ފޭސްބުކް އެކައުންޓު ކަމަށާއި އެ އެކައުންޓުން އެހެން މީހުންނަށް މެސެޖްކޮށްގެން ފައިސާ ހޯދަމުން ދާކަމަށް ފުލުހުން ބުންޏެވެ.
މައްސަލައާއި ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައިނުވާއިރު، މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
ފަހަކަށް އައިސް މީހުންގެ ފޭސްބުކް އެކައުންޓާއި ވައިބާ ހެކްކޮށް އެމީހުންގެ ނަމުގައި ގާތް މީހުނާއި ރައްޓެހިންނަށް ފައިސާ ދިނުމަށް އެދި މެސެޖްކޮށް އޮޅުވާލައިގެން ފައިސާ ހޯދުން ވަނީ އިތުރުވެފަ އެވެ.
ދުވާލަކު 20 މިނެޓުގެ ކަސްރަތުން އެތައް ފައިދާތަކެއް!
އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް: ރައީސް މުއިއްޒު
ބީއެމްއެލް އިން ނެޓްބޯލް އެސޯސިއޭޝަނާއެކު އެއްބަސްވުމެއް