އިޒްރޭލު އެންމެން ރާއްޖެ އައުން މަނާކުރުމުގެ ބަދަލުގައި އިޒްރޭލުގެ ވެރިންގެ ޕާސްޕޯޓް މަނާކުރަން ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެފި އެވެ.
ގެސްޓްހައުސް އެސޯސިއޭޝަނުން މިހެން ބުނެފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން މިކަމާއި ގުޅިގެން ދާއިރާގެ ފަރާތްތަކާއެކު މަޝްވަރާކުރުމުގެ ތެރެއިން އެ އެސޯސިއޭޝަނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކަށް އޮންނަ 241 ކޮމިޓީއިން ވަނީ އިޒްރޭލު މީހުން ރާއްޖެ އައުން މަނާ ކުރުމަށް އިދިކޮޅު އެމްޑީޕީން އިމިގްރޭޝަން ގާނޫނަށް ހުށަހާޅާފައިވާ އިސްލާހަށް ހިޔާލު ހޯދުމަށް ނިންމާ އެ މަސައްކަތް ފަށާފަ އެވެ.
ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގެސްޓްހައުސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވީ އިޒްރޭލުގައި އުސޫލުތައް އޮންނަ ގޮތުން ކޮންމެ ޔަހޫދީއަކަށް ވެސް އެ ޕާސްޕޯޓު ހޯދޭކަމަށާއި އެހެންވެ ޔޫރަޕާއި އެމެރިކާގެ ގިނަ މީހުން އަތުގައި ވެސް އެ ޕާސްޕޯޓު އޮންނަ ކަމަށެވެ.
އިޒްރޭލު ޕާސްޕޯޓް މަނާކުރުމުން ޓޫރިޒަމް އިންޑަސްޓްރީއަށް ނުރަނގަޅު އަސަރުކުރާނެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު އޮންނަ ކޮންމެ މީހަކަށް، މުޅި އިޒްރޭލުގެ މައްޗަށް ޕާސްޕޯޓު ބޭން ކުރަން ތާއީދެއް ނުކުރާކަމަށެވެ.
ފުރަތަމަ ކުއާޓާގައި ދެ މިލިއަން މީހުން ވީއައިއޭއިން ހިދުމަތް ހޯދި
ސުޕްރީމް ކޯޓުން މެމްބަރުންގެ ތަޅު ނައްޓައެއް ނުދިން
ކޯހީނޫރު އަލިމަސް އަަނބުރާ ދޭން މަމްދާނީ ޗާލްސްއަށް ގޮވާލައިފި