1. ކީއްވެ އަސްލު ކައުންސެލިންގް މި ފީލްޑްއަށް އިންޓްރެސްޓް އުފެދުނީ؟
ޖަވާބު: ޖުޑީޝަރީގައި އުޅުނުއިރު. އޭރު ސްކިލްސް ލެކް ވާ އޭރިއާއެއް ކަމަށް ފާހަގަވުމުން. ކައުންސެލިން ފީލްޑަކީ ވަރަށް މީހުން މަދު ފީލްޑެއް ހާއްސަކޮށް ޕްރޮފެޝަނަލްސް.
2. ނަފްސާނީ ދުޅަހެޔޮކަމަކީ އަދިވެސް ދިވެހި ސޮސައިޓީ ތެރޭގައި އެކަށީގެންވާ ވަރަށް ނުދައްކާ ވާހަކައެކޭ ބުނާނަންތަ؟
ޖަވާބު: މިހާރު ކުރިއަށް ވުރެ ބޮޑަށް ދައްކާ. ނަމަވެސް އޭގައި ވަރަށް މުހިއްމު ކަމެއް ރަނގަޅު ސައްހަ މައުލޫމާތު. މިސާލަށް ސައިކޮލޮޖިސްޓް، ސައިކިއޭޓްރިސްޓް، އަދި ކައުންސިލަރުންގެ ތަފާތު އެނގުން. ކޮބާކަން ނަފްސާނީ ބަލިތަކުގެ އަލާމާތްތަކަކީ. އެހީ ހޯދާނީ ކިހިނެތްކަން. އެހީ ހޯދުމަށްފަހު އަމިއްލަ ކޯޕިން މެކޭނިޒަމްސް އަދި ސަޕޯޓް ސިސްޓަމްސްތަކަކީ ކޮބާކަން. ސައްހަ މައުލޫމާތާއި ސައްހަ ނޫން މައުލޫމާތަކީ ކޮބާކަން ދެނެގަތުން. ޓޮކްސިކް ޕޮޒިޓިވިޓީ ފަދަ ވާހަކަތަައް ވެސް މުޖުތަމައުގަ ދައުރުވޭ. މީގެ ސަބަބުން ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނަށާއި މިކަމަށް ވަކާލާތު ކުރާ މީހުންނަށް ގޮންޖެހުންތަކެއް ކުރިމަތިވޭ.
3. "އެކޯސް އޮފް ސަވަވައިވަލް" މިއީ އަސްލު ކޮން ކަހަލަ ފޮތެއް؟
ޖަވާބު: އެކޯސް އޮފް ސަވައިވަލްއަކީ ޅެން ފޮތެއް. އިނގިރޭސި ޅެން ފޮތެއް. ފޮތުގައި ވަނީ އިހްސާސްތަކެއް. ޚިޔާލުތަކެއް އަދި އެކަންކަން ދިމާވީމާ ބޮލު ތެރޭ އަންނަ ޖަޒުބާތުތަކެއް. ފޮތުގައި ހިމެނެނީ މި ސުރުހީތަކާ ގުޅޭ ޅެންތައް. ނަފްސާނީ ސިއްހަތު(މެންޓަލް ހެލްތް)، ލޯބި ، އަނިޔާ/ ޓްރޯމާ (އެބިއުސް/ޓްރޯމާ) އަދި ގްރީޕް ނުވަތަ ލޮސް (ވަކިވެ ދިޔުމުގެ ހިތާމަ)
4. ލީޝްގެ ސަފޯޓް ސިސްޓަމް އާ ދޭތެރޭ ބުނެލަން އޮތީ ކީކޭ؟
ޖަވާބު: ސަޕޯޓް ލިބޭ އެކި ގޮތް ގޮތުން. ތިމާގެ މީހުން. އާއިލާ، ދަރިންގެ ސަޕޯޓް. ރަހުމަތްތެރިން. ދަރިވަރުން އަދި ލީޝްގެ ބްލޮގް ކިޔާ ބޭފުޅުން.
5. ރާއްޖޭގައި މެންޓަލް ހެލްތް ފަރުވާ ހޯދުމަށް ހުރި ހުރަސްތަކަކީ ކޮބާ؟
ޖަވާބު: ނަފްސާނީ ބަލިތައް ކުރިމަތިވާ ސަބަބުތައް ނޭނގުން. ނަފްސާނި ބައްޔެއް ދިމާވުމުން އަލާމާތްތައް ނޭނގުން. ގާތް މީހުން އެކަން ބަލައިނުގަތުމުން އެހީ ހޯދަން ފަސްޖެހި ލަދުގަތުން. އެހީ ހޯދާނެ މަގުތައް ނޭނގުން. ކިއު ބޮޑުވުން އަދި އަގުތައް ބޮޑުވުން. އާސަންދަ ލިބޭ އަދަދު މަދުވުން/ އެންސްޕާގެ ޕްރޮސެސް ދިގުވުން. އިމަޖެންސީ ރޫމްގައި މެންޓަލް ހެލްތް އެމަޖެންސީއަަށް ކޭޓާ ނުކުރެވުން.
6. ލީޝް ދެކޭ ގޮތުގައި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް ގައުމީ ފެންވަރެއްގައި ކުރެވިދާނެ ކަމެއް އެބަހުރިތަ؟
ޖަވާބު: ގައުމީ ފެންވަރެއްގަ ކުރެވޭނެ ކަންކަމަކީ ކޮންމެ ރަށެއްގައި ޓްރެއިންޑް މެންޓަލް ހެލްތް ޕްރޮފެޝަނަލްއެއް/ ކައުންސެލަރެއް ހުރުން. ކޮންމެ އަތޮޅެއްގައި ސައިކިއޭޓްރިސްޓެއް ހުރުން އަދި ސައިކޯތެރަޕީ ދެވޭނެ ނިޒާމެއް ހުރުން. ކުޑަކުދިންނަށް ތެރަޕީ ދެވޭނެ ނިޒާމެއް ހުރުން. ކޮންމެ ރީޖަންއެއްގަ މެންޓަލް ހެލްތް ފެސިލިޓީއެއް ގާއިމްވެފައި ހުރުން. ސްކޫލް ކައުންސިލަރުންނަކީ ގާބިލު ޓްރެއިންޑް ބަޔަކަށްވުން. ހޮސްޕިޓަލުގެ ނުވަތަ ހެލްތް ސެންޓަރުގެ އީއާރްގައި ތިބޭ މުވައްޒަފުން/ ޑޮކްޓަރުން/ ނަރުހުންނަކީ މެންޓަލް ހެލްތް ފަސްޓް އެއިޑް ދޭން އިނގޭ ބަޔަކަށްވުން. މެންޓަލް ހެލްތް ރިސްކް ފެކްޓާސް ހޯދާ ބެލުން އަދި ކަމާ ބެހޭ ވުޒާރާތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން. މާބަނޑު މީހުން މެންޓަލް ހެލްތަށް ސްކްރީން ކުރުން. ސަރުކާރު އޮފީސް/ ކުންފުނިތަކުގައި މެންޓަލް ހެލްތް ޗެންޕިއަންސް ޓީމެއް އުފައްދާ ޓްރެއިނިން ދިނުން އޭސް ފަސްޓް ރެސްޕޮންޑާސް އެޓް ވޯކް ޕްލޭސް. ރެފަރަލް ސިސްޓަމް ރަނގަޅު ކުރުން. ކޮމިއުނިޓީ އެންގޭޖްމެންޓް ޕްރޮގްރާމްސްތައް ރަނގަޅުކުރުން. ދުޅަހެޔޮ ކެއުން/ ދުޅަހެޔޮ އާއިލާ ފަދަ ކަންކަމަށް އިސްކަން ދިނުން.
7. އަދިވެސް ރާއްޖޭގަ ރަނގަޅުނުވާ ނުވަތަ ކުރިއެރުމެއް ނެތް އިޖުތިމާއީ މައްސަލަތަކަކީ ކޮބާ؟
ޖަވާބު: ބޯހިޔާވަހިކަން. އަބުރުވެރި ތާހިރު ރީތި ދިރިއުޅުމެއް އުޅުމަށް އެކަށޭނެ ބޯހިޔާވަހިކަމެއް ނެތުން. އޭގެ ސަބަބުން އެތައް ބައިވަރު އިޖްތިމާއި މައްސަލަތަކެއް ކުރިމަތިވުން. ވަރި ގިނަވެ ކުދިން ވިއްސިވިހާލި ވެގެން ދިޔުން. ވަރިއަށް ފަހު ކުދިންނަށް އަޅާނުލެވި ކުދިން ބިކަވެގެން ދިޔުން. ދެން މީގެ އިތުރުން ޖިންސީ ގޯނާގެ މައްސަލަ. މިއީ ވަރަށް އާންމުކަމެއް ރާއްޖޭގައި.
8. މިހާތަނަށް ކުރި މަސައްކަތުގެ ތެރެއިން އެންމެ ހިތްހަމަ ޖެހެނީ ކޮން މަަސައްކަތަކާ ދޭތެރޭ؟
ޖަވާބު: ބްލޮގްކުރުން. އިންސްޓަގްރާމް އަދި ފޭސްބުކްގައި ލިޔާ ލިޔުންތަކުން މީހުންނަށް ހިތްހަމަ ޖެހުން ލިއްބައިދިނުންް. މޯޓިވޭޓްކޮށްދީ ހިތްވަރުކުރުމަށް ބާރުއެޅުން. އެއީ ލިބޭ އެންމެ ބޮޑު އުފަލަކީ. ކިޔަވައިދިނުން ވެސް އެއީ ވަރަށް އުފާވާ މަސައްކަތެއް.
9. ދިވެހިން ވަރަށް "އަންހެލްތީ ކޯޕިން މެކޭނިޒަމްސް" ގެންގުޅެއޭ ބުނާނަންތަ؟
ޖަވާބު: ގެންގުޅޭ ވަރަށް އަންހެލްތީ ކޯޕިން މެކޭނިޒަމްސް. މިސާލަށް ސަބްސްޓެންސް އެބިއުސް، މާ ގިނައިން ކެއުން، މާ ގިނައިން ހަރަދުކުުރުން. ރާއްޖޭގައި ސިނގިރޭޓު ބޯމީހުން އެހާ ގިނަ. އޭގެ އިތުރުން މާގިނައިން ކެއުމާ ކަމެއް ދިމާވިމާ ހިއްސާނުކޮށް ހަށިގަނޑުގެ ތެރޭގައި ބެހެއްޓުން. ކޯޕްކުރަން ރުޅި އިސްކުރުން. އޭގެ ސަބަބުން މީހުންނަށް އަނިޔާވުން ނުވަތަ ތަކެއްޗަށް ގެއްލުންވުން.
10. ލީޝް ދެކޭ ގޮތުގައި ދިވެހި ސޮސައިޓީގައި އެންމެ ސަޕޯޓް ބޭނުންވަނީ ނުވަތަ ސަރުކާރުން އެންމެ ބޮޑު ފޯކަސްއެއް ދޭންވީ ކޮން ބަޔަކަށް؟
ޖަވާބު: ސަރުކާރުން ފޯކަސް ކުރަންވީ ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް. ކައިވެންޏަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް އިތުރުކުރުމަށް. ދުޅަ ހެޔޮ ކައިވެންޏެއް ބިނާ ކޮށްގެން އުޅެވެން އޮތް އަސާސީ ބޯހިޔާވަހިކަމަށް. ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ އާމްދަނީ/ ވަޒީފާގެ ފުރުސަތުތަކަށް. ދުޅަހެޔޮ އާއިލާތަކަށް ސްކޫލް ދަންފަޅި ބަދަލުކުރުން. ދުޅަހެޔޮ އާއިލާއަކުން ޑްރަގްގެ މައްސަލައެއް އިޖްތިމާއީ މައްސަލައެއް ނެތް ދުޅަހެޔޮ ދަރިންތަކެއް ތަރުބިއްޔަތު ކުރެވޭނީ.