މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ)އިން ނެޝަނަލް ސެންޓަ ފޯ އާޓްސް (އެންސީއޭ)އާ ގުޅިގެން ބާއްވާ އެމްއެސްޕީއޭ ފިލްމު ފެސްޓިވަލްގައި ޑާކްރެއިން އެންޓަޓެއިންމަންޓްގެ ހަ ފިލްމެއް އަޅުވަން ހަމަޖެހިއްޖެ އެވެ.
އެ ސްޓޫޑިއޯއިން މައުލޫމާތު ދޭ ގޮތުގައި އެ ފެސްޓިވަލުގައި އަޅުވަން ހަމަޖެހިފައިވަނީ 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރިލީޒް ކުރެވިފައިވާ އެ ސްޓޫޑިއޯގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކެވެ.
އެގޮތުން އެ ފެސްޓިވަލްގައި އަޅުވަން ހަމަޖެހިފައިވާ ޑާކްރެއިންގެ ފިލްމުތަކަކީ ވަކިން ލޯބިން، ގޮށްރާޅު، މާމުއި، ބީވީމާ، ހިނދުކޮޅެއް އަދި ނޮވެމްބަރ އެވެ.
މި ހުރިހާ ފިލްމުތަކަކީ ވެސް އެ ފިލްމުތައް އޮލިމްޕަހުގައި ދެއްކިއިރު އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ފިލްމުތަކެއްކަން ފާހަގަ ކޮށްލެވެ އެވެ.
އަންނަ ޑިސެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ އެމްއެސްޕީއޭ ފިލްމު ފެސްޓިވަލްއާއެކު ފިލްމު އެވޯޑްސް ހަފްލާއެއް ވެސް ބާއްވާނެ އެވެ.
އެ އެވޯޑްސްގައި ޖުމްލަ 29 ކެޓަގަރީއަކުން އެވޯޑް ދެވޭއިރު ދިވެހި ފިލްމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްމަރުހޫމް ޗިޅިޔާ މޫސާ މަނިކުގެ ހަނދާނަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑްވެސް ދެވޭނެ އެވެ.
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބާއްވަނީ
ޔަމީ ބޮލީވުޑް ދޫކޮށްލަން ނިންމީ ކީއްވެ؟
ނޭންސީ ގުތުރީ ވަގަށް ނެގުން: ލިބުނު ސިޓީތައް އާއްމު ކޮށްފި