މިދިޔަ ބުރާސްފަތި ދުވަހު ސ. ފޭދޫގައި ހިނގި މާރާމާރީއާ ގުޅިގެން ފަސް ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން މިއަދު ބުނީ މާރާމާރީއާ ގުޅިގެން ހައްޔަރުކުރީ 18 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 21 އަހަރުގެ ދެ މީހުން އަދި 32 އަހަރުގެ މީހެއް ކަމަށެވެ.
ފޭދޫ ކުޑަކުދިންގެ ޕާކު ސަރަހައްދުގައި ހިނގި މިމާރާމާރީގައި ހަތް މީހަކަށް އަނިޔާވުމުން ފަރުވާދީފައިވެ އެވެ.
މިމާރާމާރީއާ ބެހޭ އިތުރު ތަފްސީލް އަދި ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.
ފުލުހުން ބުނީ މިމައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުގަެު ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކަންގަނާގެ ބަހުގެ ހަމަލާތަކެއް އަނެއްކާ ވެސް ރިތިކްއަށް!
ޖަލުން ސަންޖޭއަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ މިއީ!
ބާލީސްތައް އެންމެ ފަހުން ބަދަލުކުރީ ކޮން އިރަކު؟
