އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ރޭ އިޒްރޭލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާއަކީ އީރާނުގެ ސިޔާދަތާއި ބައިނަލްއަގްވާމީ ޤާނޫނާ ހިލާފު އަމަލެއްކަމަށެވެ.
މުޅި މެދުއިރުމަތީގެ ހާލަތަ ގޯސްވެފައިވާ މިދަނޑިވަޅުގައި ގައުމުތަކާއި ރައްޔިތުންގެ ސަލާމަތަށް ނުރައްކާވަމުން ދާކަން ފާހަގަކޮށް ރާއްޖެއިން ވަނީ މިފަދަ ހަނގުރާމަވެރި އަމަލުތައް ވަގުތުން ހުއްޓާލާ ސަރަހައްދުގެ ސުލްހަ ގާއިމުކުރުމަށް ގޮވާލާފަ އެވެ.
މިކަމުގައި ހިމެނޭ ހުރިހާ ފަރާތްތަކުން ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް، ބައިނަލްއަގްވާމީ ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށް ރާއްޖެއިން ގޮވާލާފައިވެ އެވެ. މީގެ އިތުރުން ސަރަހައްދުގައި ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރުމަށް މަސައްކަތްކުރުމަށް ބޭނުންވާ ހުރިހާ ފިޔަވަޅެއް އެޅުމަށާއި، މަޝްވަރާގެ މަގު ތަނަވަސްކުރުމަށް އެއްބާރުލުން ދޭންޖެހޭކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ރޭ މެންދަމު އިޒްރޭލުން 100 އަށް ވުރެ ފައިޓާ ޖެޓާ އެކު އީރާނަށް ފޮނުވާލި ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތައް އީރާނުން ވަނީ ހުއްޓުވާފަ އެވެ. އިޒްރޭލުގެ ހަމަލާއާއެކު އެމެރިކާއިން ބުނީ އިޒްރޭލުން އިރާނަށް ބަދަލު ހަމަލާ ދިނުމުގެ ހައްގު އޮންނާނެކަމަށެވެ. ނަމަވެސް އީރާނުން ހަމަލާ ނުދިނުމަށް އެމެރިކާއިން ވަނީ ގޮވާލާފަ އެވެ.
އިޒްރޭލުން މެދުއިރުމަތީގައި ހިންގަމުންދާ ގަތުލުއާއްމުގައި އެތައް މުސްލިމުންނެއް ޝަހީދުކުރަމުން ދާއިރު، ސަރުކާރުން އެފަދަ ކަންކަމާއި ގުޅިގެން ނެރެނީ ވަރަށް 'ފިނި' ބަޔާންކަން ފާހަގަކޮށްލެވެ އެވެ. މިއަދުގެ ބަޔާނުގައިވެސް ޣައްޒާއާއި ލުބުނާނަށް ޔަހޫދީން ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައިނުވާކަން ފާހަގަކޮށްލެވެ އެވެ.
މޮރޮކޯއިން ސްޕެއިނަށް އެތެރެވާން އުޅުން 57 މީހުން މަރުވެއްޖެ
މޮޑެލް ހެދުމަކީ ޝާފިއުގެ ކާމިޔާބު ހޮބީ!
ނިދާއިރު އަނގައިގައި ޓޭޕް އެޅުން: މިއީ ކޮން ކަހަލަ ޓްރެންޑްއެއް؟