އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީގެ އަލަތު ދަރިފުޅު ވަމިކާ އަށް ދެ މަސް ފުރުން ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
އަލަތު ދަރިފުޅާއި އެކު އުފަލުން ފޮޅިފައިތިބި ދެމަފިރިން ދަނީ ދަރިފުޅާއި އެކު ހޭދަވާ ކޮންމެ ވަގުތެއް ވެސް ފާހަގަކުރަމުންނެވެ.
އިންސްޓަގްރާމް މެދުވެރިކޮށް އަނުޝްކާ ވަނީ ދަރިފުޅަށް އެޅި ކޭކުގެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އެ ކޭކު ހުރީ ރެއިންބޯ ތީމް އަކަށެވެ.
ވިރާތް އާއި އަނުޝްކާ އަކީ އިންޑިއާގެ އެތައް ލިލިއަން މީހުން ފޮލޯ ކުރާ ސެލެބްރިޓީންނެވެ. އެހެން ކަމުން އެ އާއިލާގެ ކޮންމެ ހަރަކާތަކަށް ބަލަބަލާ ތިބޭ މީހުން ގިނަ އެވެ. އަދި ކުރާ ކުދި ކުދި ކަންތައް ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދަ އެވެ.
އުމްރާއިން އައުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!
ޕީއެންސީގެ ނައިބު ރައީސް ކަމަށް ސައުދާ ވާދަކުރައްވަނީ
