ޖުމްހޫރީ ދުވަހާ ގުޅުވައިގެން މިއަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިގޮތަށް ރައީސް ހަމަޖެއްސެވީ ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު 11 ވާ ހޯމަ ދުވަހަށް ވެފައި އެ ދުވަސް ބަންދުވާއިރު، 10 ނޮވެމްބަރު އާދިއްތަ ދުވަހަކީ ރަސްމީ ދުވަހަކަށް ވުމުން ކަމަށެވެ.
އެހެންކަމުން ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނެތި މުވައްޒަފުންނަށް ޗުއްޓީ ލިބޭ ގޮތަށް ހަމަޖެއްސުމަށް ރައީސް މުއިއްޒު އެދިވަޑައިގަނެފައިވާ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒު ސޮއިކުރައްވައި ނެރުއްވި ދެންނެވުމުގައި ބުނެފައިވެ އެވެ.
ނޮވެމްބަރު 10 ބަންދުވުމުން ހަފުތާ ބަންދާއެކު ޖުމްހޫރީ ދުވަސް ލައިގެން ބަންދު ހަތަރު ދުވަސް ލިބޭނެ އެ

އީރާނުން ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި
އެމްޑީޕީގެ ކެމްޕޭން ބެނާތައް ނަގައި އެޗްޑީސީން ހަލާކުކޮށްލައިފި
44 އަހަރުގެ ޖަލު ހުކުމް އަންނަ ދައުވާތަކެއް ސަނީ އުމަރަށް ކޮށްފި