ހުޅުމާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ބަލައިފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓް އަމުރެއްގެ ދަށުން އެތަން ބަލައިފާސްކޮށް ހައްޔަރުކޮށްފައިވަނީ ދިވެހި ތިން އަންހެނުންނާއި ދިވެހި ފިރިހެނެއްގެ އިތުރުން ތައިލެންޑު ތިން އަންހެނުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން މި ހަތް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތައިލެންޑު ތިން އަންހެނުން 10 ދުވަހަށް ދިވެހި ތިން އަންހެނުން ހަތް ދުވަހަށް އަދި ފިރިހެން މީހާ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފާ ވާކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަތޮޅުތެރެއަށް ކުރާ ކެމްޕޭން ދަތުރުތައް މީކާއީލް މިއަދު ފަށަނީ
ސޯޝަލް މީޑިއާ: ގުޅުންތައް ބަދަހިކުރަނީތަ ނުވަތަ ރޫޅަލަނީތަ؟
ބޮޑު ވަފުދަކާއެކު ރައީސް މުއިއްޒު އާދީއްތަ ދުވަހު ލަންކާއަށް
ތިފިރިހެންމީހާ ތިޔައީ ކޮންކަމެއް ހިންގާމީހެއް އަލަމްގީރެއްތަ؟.........ހައްލަކީ ޢުމަރު.