ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ކުރިން ހުންނެވި އަހްމަދު ނަސީރު ފޮރިން މިނިސްޓްރީއަށް ބަދަލުކުރުމަށްފަހު އަނެއްކާވެސް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ބަދަލުކުރައްވައިފި އެވެ.
މިދިޔަ ޑިސެމްބަރު 12 ވަނަ ދުވަހު މިނިސްޓަރެއްގެ ފެންވަރުގައި ނަސީރު އެންމެ ފުރަތަމަ އައްޔަންކުރެއްވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަސްތެރޭގައި ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ނަސީރު ބަދަލުކުރައްވާފަ އެވެ.
ފިނޭންސް މިނިސްޓަރުގެ މަގާމަށް ކުރީގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އައްޔަންކުރެއްވުމާ އެކު އަނެއްކާވެސް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް މިދިޔަ ހަފްތާގައި ނަސީރު ވަނީ ބަދަލުކުރައްވާފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަސީރު ވަނީ އެމްއެމްއޭގެ ގަވަރުނަރުކަންވެސް ކުރައްވާފަ އެވެ.

ރޯދަ މަހުގެ ސަގާފަތްތަކުގެ ތެރެއިން ތުރުކީގެ ހާރު ދަންބެރު!
ހޯރަފުށީގައި ބުޅަލަކަށް އަނިޔާކޮށް މަރާލި މައްސަލައެއް ބަލަނީ
މޯލްޑިވް ގޭސް އިން ކޮންޓްރޯލްކޮށްގެން ގޭސް ވިއްކަން ފަށައިފި