ފިޝަރީޒް މިނިސްޓްރީގެ "ޓީމް ފިޝް" އިން ޕީއެންސީއަށް 1000 ފޯމް ހަމަކޮށް ހަވާލުކޮށްފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޝަރީފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1000 ފޯމް ހަމަކޮށް "ޓީމް ފިސް" އިން ޕާޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
މިދުވަސްވަރު ސަރުކާރު ހުރިހާ މިނިސްޓްރީތަކާއި ކުންފުނިތަކުން ހާއްސަ އިސްކަމެއް ދީގެން ގެންދަނީ ޕާޓީން އަންގާފައިވާ ގޮތަށް ފޯމު ހޯދުމަށް އަވަދިނެތި މަސައްކަތް ކުރަމުންނެވެ.
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު އިސްވެ ހުންނަވާ ޕީއެންސީއަށް 1000 ފޯމް ހަމަކޮށްފައިވާއިރު، ޝިޔާމް އަކީ ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރެވެ، ޕީޕީއެމްގެ ހުރިހާ މެންބަރުން ޕީއެންސީއަށް ބަދަލުކުރުމުގެ މަސައްކަތް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އިސްވެ ހުންނަވާ ގެންދަވަނީ ކުރައްވަމުންނެެވެ.
ޕީޕީއެމްގެ ފިކުރާއި، މެންބަރުން އަދި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ހަތަރުހާސް މެންބަރުން ހަމަނުވާ ޕީއެންސީއިން ވެރިކަމަށް އައުމަށްފަހު، ޕީޕީއެމް އުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ޕީޕީއެމްގެ ބައެއް މެންބަރުން ބުނެ އެވެ.
ނޭންސީ ގުތުރީ ވަގަށް ނެގުން: ލިބުނު ސިޓީތައް އާއްމު ކޮށްފި
އާސިފަށް އަލުން ވަޒީފާ ދިނުން ހައިކޯޓުން ހުއްޓުވައިފި
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި