ގައުމީ އެއާލައިން، މޯލްޑިވިއަންއިން ށ. ފުނަދޫއަށް ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލައިފި އެވެ.
މޯލްޑިވިއަން އިން މިއަދު ނެރުނު ނޯޓިސްއެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފުނަދޫއަށް ޝެޑިއުލް ފްލައިޓުތައް މެދުކަނޑާލާފައިވާ ކަމަށެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލު މޯލްޑިވިއަންއިން ހާމަކޮށްފައިނުވެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ފްލައިޓުތައް މެދުކަނޑާލަން ޖެހުނީ ފުނަދޫ އެއާޕޯޓުގެ ފަޔާ ލޮރީއަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
ރީޖަނަލް އެއާޕޯޓްސްއިން ހިންގާ ފުނަދޫ އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދަންފެށި އެއާޕޯޓެކެވެ. އެއާޕޯޓް ނިއްމާ ބޭނުންކުރަން ފަށާފައިވަނީ މިދިޔަ ސަރުކާރުން 2020 ވަނަ އަހަރު އެވެ.
ނޭންސީ ގުތުރީ ވަގަށް ނެގުން: ލިބުނު ސިޓީތައް އާއްމު ކޮށްފި
އިތުރު ގައުމުތަކުގެ މަރުކަޒުތަކަށް ހަމަލާދޭނަން: އީރާން
ފަހި ފުލެޓުތައް ކައިރިން ކުނި ނައްތާލަން 13.5 މިލިއަން ހަރަދުވި