ރައީސް މުހައްމަދު މުއިއްޒު މަރާލާނެކަމަށް ބުނެ މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ، ގ. ސަންސަންގެއާގޭ، އަބްދުﷲ މިޔާދު ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ބުނީ މިޔާދު ބޭނުންކުރާކަމަށް ބެލެވޭ ފޭސްބުކް އެކައުންޓްތަކުން، ރައީސް މުއިއްޒުއަށާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރާލާނެކަމަށްބުނެ އިންޒާރުދީ، އަދި އިތުރު އެހެން ފަރާތްކަށް ނިސްބަތްކޮށް މަރާލާނެކަމަށާއި އަދި އެނޫން ގޮތްގޮތުން ގެއްލުން ދޭނެކަމަށްބުނެ އިންޒާރުދީ ހަޑި ހުތުރުބަހުން އެކި ޕޯސްޓްތައް ކުރަމުން ގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން އޭނާ އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ޕޯސްޓްތައް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
މިޔާދު ހައްޔަރުކޮށްފައިވަނީ ރާއްޖޭން ބޭރުގައި ހުރެފައި މިރޭގެ ވަގުތެއްގައި ރާއްޖެ އައުމުން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ބީއެމްއެލް އިން ނެޓްބޯލް އެސޯސިއޭޝަނާއެކު އެއްބަސްވުމެއް
އެންމެ ކާމިޔާބު މިއުޒިކަލް ބައޮޕިކްގެ ޝަރަފު "މައިކަލް"އަށް!
ސަލްމާންގެ އާ "ލުކް"އާއެކު "ތޭރޭ ނާމް"ގެ ހަނދާންތައް އާކޮށްދީފި