ޓްރީ ޓޮޕް ހޮސްޕިޓަލުން, ކަކުލުހުޅު ބަދަލުކުރުމުގެ ޖުމްލަ 1،001 ސާޖަރީ ކާމިޔާބުކަމާއެކު ކޮށްފި އެވެ.
ޓްރީޓޮޕުން ބުނީ މިއީ އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު ކަށީގެ ބަލިތަކަށް ހާއްސަ ޓީމުން ފޯރުކޮށްދޭ ފަރުވާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
ރާއްޖޭގެ އެންމެ ސީނިއާ އޯތޯޕީޑިކް ކޮންސަލްޓަންޓް އަދި ޓްރޯމާގެ ހެޑް ސާޖަން ޑރ. މުހައްމަދު ހަބީބްގެ އިސްނެންގެވުމުގެ މަތިން ޓްރީޓޮޕް ހޮސްޕިޓަލްގައި އެ ސާޖަރީ ކުރަން ފެށީ 2019 ގައެވެ.
"ޓޯޓަލް ނީ ރިޕްލޭސްމަންޓް" ނުވަތަ ކަކުލުހުޅު ބަދަލު ކުރުމުގެ ސާޖަރީ
ކަކުލު ހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން އާންމު ދިރިއުޅުމުގައި ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ފަރާތްތަކުގެ ހުޅު ބަދަލުކުރުމަށް ކުރެވޭ އެ ހާއްސަ ސާޖަރީއަށް އާންމުކޮށް ކިޔަނީ "ޓޯޓަލް ނީ ރިޕްލޭސްމަންޓް ނުވަތަ ޓީކޭއާރު އެވެ.
އެ ސާޖަރީއަކީ ރާއްޖެބަލި ނުވަތަ ކަކުލަށް ބޮޑެތި އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރަށް ނުހަނު ހެޔޮ ބަދަލެއް ގެނެސްދޭ ސާޖަރީއެކެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ކުޅަދާނަ މެޑިކަލް ޕްރޮފެޝަނަލުންގެ ޓީމު
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކުޅަދާނަ އަދި ތަޖުރިބާކާރު ކަށީގެ ޓީމްގެ އިތުރުން އެ ސާޖަރީތައް ކުރިޔައް ގެންދިއިމުގައި އޮޕަރޭޝަން ތިއޭޓާ ޓީމުގެ ދައުރުވެސް ވަރަށް ބޮޑެވެ.
ވަކިން ހާއްސަކޮށް އެފަދަ ޕްރޮސީޖާ ތަކުގައި ތަދު މެނޭޖްކުރުމަށް ހަރަކާތްތެރިވާ ހޭނައްތާ ޑަކްޓަރުން ގެ ދައުރުވެސް ޓްރީޓޮޕުން ފާހަގަކުރެ އެވެ.
ކަށީގެ ބަލިތަކަށް ހާއްސަ ސާޖަރީ ޓީމު
ޑރ. މުހައްމަދު ހަބީބު، (ކަށީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު)
ޑރ. އަލީ މުޒްނީ، (ކަށީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު)
ޑރ. މަރްޔަމް ޔޫމީ، (ކަށީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު)
ޑރ. ހުސައިން ފައިސަލް، (ކަށީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު)
ޑރ. އަހްމަދު އާޒިމް އަބްދުއްޝަކޫރު، (ކަށީގެ ބަލިތަކުގެ ޙާއްސަ ޑޮކްޓަރު)
ޑރ. އާމިނަތު ފިއުނާ، (ހޭނައްތާ ޑޮކްޓަރު)
ޑރ. ބިޝްނު ރަވި ކޭސަވަން، (ހޭނައްތާ ޑޮކްޓަރު)
ޑރ. ޒުލައިހާ މާއީ، (ހޭނައްތާ ޑޮކްޓަރު)
އެ ކާމިޔާބީއަކީ ފެންވަރު ރަނގަޅު ކަށީގެ ފަރުވާ ފޯރުކޮށްދިނުމާއި ސާޖިކަލް ޓެކްނިކްތައް ކުރިއެރުވުމަށް ޓްރީޓޮޕް ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެގޮތުން ހޮސްޕިޓަލުގެ އެންމެ ޒަމާނީ ވަސީލަތްތަކާއި، ހުނަރުވެރި އަދި އޯގާތެރި ޓީމެއް އޮތުމުގެ ސަބަބުން، ބަލި މީހުންނަށް ލިބެން ޖެހޭ އެންމެ ރަނގަޅު ފަރުވާ ލިބޭނެކަން ކަށަވަރުކޮށްދޭ ކަމަށް ވެސް ބުންޏެވެ.
ސިއްހީ ދާއިރާގައި އައު ކަންތައްތައް ތައާރަފުކުރުމުގައި ޓްރީޓޮޕްގެ އަޒުމްޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ.
އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ރައްޔިތުންގެ އަތުންދާ ޚަރަދުތައް ކުޑަކުރުމެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއެކު، ޓްރީޓޮޕްގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި، ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސަވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިން އެ ހޮސްޕިޓަލުން ބުންޏެވެ.