ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު ކުރަން ފެށި މަސައްކަތެއް ކަމަށްވާ މާލޭގެ މަގުތަކުން ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުން ހުއްޓާލަން ޓްރާންސްޕޯޓް މިިިނިސްޓްރީން އެ ކައުންސިލަށް އަންގައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އެންގުން މިހާރު ވަނީ ސަރުކާރު ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ އެންގުމަކީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށެވެ.
އެފަދައިން އެންގުމުގެ ބޭނުންތަކުގެ ތެރޭގައި މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާތީ އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ހައްލުކުރުމަށް މަގުފަހިކުރުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، މާލޭގެ މަގުތަކުން ޕާކިން ސްލޮޓްތައް ވިއްކުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް އެކި ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބާއްވަނީ
ފަހި ފުލެޓުތައް ކައިރިން ކުނި ނައްތާލަން 13.5 މިލިއަން ހަރަދުވި
ޔަމީ ބޮލީވުޑް ދޫކޮށްލަން ނިންމީ ކީއްވެ؟
