އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިއުޔޯކާ ކައިރި ސަރަހައްދުތަކުގައި އުޅޭ ބައެއް ދިވެހިންނާ ބައްދަލުކުރައްވައިފި އެވެ.
އާދިއްތަ ދުވަހު މި ބައްދަލުވުން ބާއްވާފައިވަނީ އދ. އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބައްދަލުވުމުގައި ބައިވެރިވި ވަކިވަކި ބައިވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.
އެމަނިކުފާނު ވަނީ އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ކޮބައިކަން ބައްލަވައި އެކަންކަމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ ކަންކަންވެސް އޮޅުންފިލުއްވާފަ އެވެ. މީގެ އިތުރުން ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންގެ އަޑުއައްސަވައިގެން ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލެއްވުމަށް މަސައްކަތްކުރައްވާކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ އދ. އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.
ފޮނި އެއްޗެހި ކާހިތްވުން ކުޑަކުރަން ކުރެވިދާނެ 8 ކަމެއް
މިފްކޯގެ އެމްޑީ ކަމަށް ޕީސީބީގެ ކުރީގެ ރައީސް އަނަސް
ފުރަތަމަ ކުއާޓާގައި ދެ މިލިއަން މީހުން ވީއައިއޭއިން ހިދުމަތް ހޯދި
ހާދަ ދިވެހިންނެކޭ އެމެރިކާގަ އުޅެނީ ވެދާނެ މިފޮޓޯގަ ރައީސްގެ ވަފުދުގެ ބޭފުޅުން ތިބީކަމައް