ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކާ، ލާރި ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެކަމަށް ބުނެ ފޭރުނު ދެމީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ރޭ ރަސްފަންނުގައި ތިބި ދެ ބިދޭސީއަކަށް ބިރުދައްކާ އެމީހުންގެ ވޮލެޓްގައި ހުރި ފައިސާ ފޭރިގަނެފައިވާކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ.ހިތަދޫ އަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ އެ ރަށު އަތިރީގެ، އަހުމަދު ސިވާތު އާއި ޑިލައިޓް، މުހައްމަދު ސާލިމް އެވެ. އެ ދެމީހުނަކީވެސް އުމުރުން 37 އަހަރުގެ ދެ މީހުނެވެ.
ރޭގެ ވަގުތެއްގައި ދެ މީހުން ހައްޔަރުކޮށް އެ މީހުން ފޭރުނު ފައިސާތައް ހޯދާފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ނިމިދިޔަ ޖުލައި މަހު މާލޭ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށް ޖިސްމާނީގޮތުން ބޮޑެތި އަނިޔާ ތަކެއް ދިން މައްސަލައެއްވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ފޭރުމާއި ވައްކަމުގެ މައްސަލަތަކުގައި މާލެ ސަރަހައްދުން ހައްޔަރުކުރާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ.
މިއީ އީރާނަށް ލިބޭނެ ފަހު ފުރުސަތު: ޓްރަމްޕް
މި ސަރުކާރުން މަޝްރޫއުގެ ނަމުގައި ކުރަނީ ވައްކަން: މައުރޫފް
އެމްޓީސީސީ 30،000 ރުފިޔާއިން ޖޫރިމަނާކޮށްފި
ހިތަދޫ މީހުން ކުރާނެ އެހެން ކަމެއް ނޭނގެނީބާ؟