ކުޅުދުއްފުށީ އުތުރު ބަނދަރު ފަޅު ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 8:40 ހާއިރު އެވެ. މަރުވެފައި އޮއްވައި ފެނިފައި ވަނީ ފިރިހެނެކެވެ.
ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އެ ރަށު ޑެއިޒީފެހި، މުހައްމަދު ހަސަން 36 އ. ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު "ހުރިހާ" އަށް ކިޔައިދިނެވެ.
ކޭއާރުއެޗުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވެ އެވެ.
އިއްޔެ ހެނދުނުގެ ވަގުތެއްގައި ނ. ހޮޅުދޫގައި ވެސް އަންހެނަކު ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ.

ނުވަ ކުރޫޒް ލައިނާއަކުން 15،000 ފަތުރުވެރިން އަތުވެއްޖެ
ރޯދަ މަހުގެ ސަގާފަތްތަކުގެ ތެރެއިން ތުރުކީގެ ހާރު ދަންބެރު!
އަހަރުގެ ފުރަތަމަ 2 މަސްތެރޭ އާސަންދައާއި ސަބްސިޑީއަށް 2 ބިލިއަން
