ދުނިޔޭގައި އުފަންވާ ރޭޓު އެންމެ ދަށް ގައުމު ކަމަށްވާ ދެކުނު ކޮރެއާގެ އާބާދީ އިތުރުކުރުމަށް ބާރު އެޅުމަށްޓަކައި، އަލަށް ކައިވެނިކުރާ މީހުންނަށް ބޮޑު ފައިސާގެ އެހީދޭން އެ ގައުމުގެ ބުސާން ސިޓީއިން ނިންމައިފި އެވެ.
ބުސާން ކައުންސިލްތަކުން ނިންމާފައިވަނީ، މެޗް މޭކިންގްގެ ބޮޑު އިވެންޓެއް އެ ސިޓީގެ އެކި ޑިސްޓްރިކްޓްތަކުގައި އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށެވެ. އަދި މި އިވެންޓުތަކުގައި ދެ ޖިންސުގެ މީހުން އެކަކު އަނެކަކާ ދިމާވެ، އެކުގައި އުޅެން ފަށައިފިނަމަ ފައިސާގެ އެހީއެއް ކައުންސިލުން ދޭގޮތަށް ވަނީ ހަމަ ޖެހިފައެވެ.
މި ގުޅުން ކައިވެންޏަކާ ހިސާބަށް ގޮސް، ދެ ފަރާތުގެ އާއިލާ ބައްދަލުކުރުމުން އަދި ކައިވެނިކުރުމުން އިތުރު ފައިސާގެ އެހީ ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ފައިސާގެ އެހީގެ ޖުމްލަ އަދަދު 38،000 ޑޮލަރަށް ވުރެ ބޮޑުކަމަށް ހަބަރު ލިބެ އެވެ.
މީގެ އިތުރުން ދެމަފިރިން ދިރިއުޅެން ހޯދާ ގެއަކަށް ޑިޕޮސިޓް ދެއްކުމަށް ވެސް ކައުންސިލްތަކުން ފައިސާގެ އެހީވުމަށް ވަނީ ހަމަޖެހިފަަ އެވެ.
ދެކުނު ކޮރެއާގައި މިފަދަ ޕްރޮޖެކްޓެއް ހިންގުމަށް ކަނޑައަޅާފައިވަނީ އެ ގައުމުގެ އާބާދީ އިތުރުވާ މިންވަރު ނުރައްކާތެރި މިންވަރަކަށް ދަށްވުމުގެ ސަބަބުންނެވެ.
އެމެރިކާ ސިފައިންގެ ބޮންއަޅާ ބޯޓެއް ވެއްޓި 8 މީހުން މަރުވެއްޖެ
ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާ ކުރަނީ
ވަކިވި އެކުވެރިޔާއަށް ޕޯޗުގަލް ޓީމުގެ ހާއްސަ ޓްރިބިއުޓެއް!