ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުރައިދޫގޭގެ ޑިރެކްޓަ ޖެނެރަލްގެ މަގާމަށް ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކުޅަދާނަ ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހަމަޖައްސައިފި އެވެ.
އެ މަގާމަށް އަޝްފާގު އައްޔަންކޮށްފައިވާ ވަނީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅެވެ.
ދާދިފަހުން ވަނީ މަޖިލިސް ރައީސްގެ ގެކޮޅުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ކުރީގެ ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) ހަމަޖައްސަވާފަ އެވެ.
މި ދެބޭފުޅުންނަކީ ވެސް މަޖިލިސް ރައީސް އަބްދުއްރަހީމް އާ އޭނާގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ ދެބޭފުޅުންނެވެ.
ރަސްމީކޮށް ފުޓްބޯޅައިން ރިޓަޔާ ކޮށްފައިވާ އަޝްފާގަކީ ރާއްޖޭގެ ގިނަ ކުލަބުތަކަކަށް ވެސް ކުޅެފައިވާ ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މެލޭޝިއާގެ ޕީޑީއާރުއެމްއަށް ވެސް ކުޅެފަ އެވެ. މީގެ އިތުރުން އަޝްފާގު ވަނީ ފުޓުބޯޅައިގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބައެއް ލިސްޓުތަކުން ވެސް ޖާގަ ހޯދައިފަ އެވެ.
ނިދާއިރު އަނގައިގައި ޓޭޕް އެޅުން: މިއީ ކޮން ކަހަލަ ޓްރެންޑްއެއް؟
އަމިއްލަ ކުންފުނިތަކުގެ އިމްޕޯޓް 14 ޕަސެންޓަށް އިތުރުވެއްޖެ
"އެރިރަންގް"އާއެކު ވެސް ބީޓީއެސް ގްރެމީގައި ބައިވެރިއެއް ނުވި!
ހަމަހިނިވެސް އާދޭ! ތިފަދަ މަގާމެއްގެ ހުރެ ހަމަ ފުޓުބޯޅަދޯ ކުޅޭނީ އަބުދުއްރަހީމްއާއި އެކީގަ