އއ. މާޅޮހުގައި ގެއްލިގެން ހޯދި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާޅޮހުގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނުނު ކަމުގެ މައުލޫމާތު މިއަދު 17:50 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ ކުއްޖާ މޫދުގައި މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.
ދާދިފަހުން ފުވައްމުލަކުގައި ވެސް ވަނީ މޫދަށް އެރި އުޅުނު ކުއްޖަކު މަރުވެފަ އެވެ.
ބާލީސްތައް އެންމެ ފަހުން ބަދަލުކުރީ ކޮން އިރަކު؟
ރޮނާލްޑޯ އާއި ޖޯޖީނާ އަންނަ ހަފްތާގައި ކައިވެނި ކުރަނީ
އަމިއްލަ ކުންފުނިތަކުގެ އިމްޕޯޓް 14 ޕަސެންޓަށް އިތުރުވެއްޖެ
