މާލެ ސަރަހައްދުތަކުގެ މިސްކިތްތަކުގައި ހުކުރު ދުވަހު އިމާމުން ހުތުބާ ކިޔާއިރު ގިނައިން ކުށް ޖެހޭތީ، ހަތީބުންގެ ދަފުތަރު އަލުން މުރާޖައާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
ޒުވާން ހަތީބުން ތަމްރީނުކުރުމަށް އިސްލާމިކް މިނިސްޓްރީން ހިންގި ތަމްރީނު ފުރިހަމަކުރި ބައެއް ހަތީބުން ހުތުބާ ކިޔާއިރު ފަރިތަނުވުމާއި ގިނައިން ކުށް ޖެހުމާއި މާ އަވަސް އަވަހަށް ކިޔުން ފަދަ ޝަކުވާތައް އެ މިނިސްޓްރީއަށް ލިބެމުންދާތީ ހަތީބުންގެ ދަފްތަރު މި ހަފްތާ ތެރޭގައި މުރާޖާކުރަން ވަނީ ނިންމާފަ އެވެ.
އެ މިނިސްޓްރީން ބުނީ ލިސްޓުގައި ދެން އިސްކަން ދޭނީ އެންމެ ގާބިލް އަދި ހުނަރުވެރި ހަތީބުންނަށް ކަމަށެވެ.
ޒުވާން ހަތީބުން އުފެއްދުމުގެ ޕްރޮގްރާމުން މިހާތަނަށް ވަނީ 300 މީހުން ތަމްރީނު ކޮށްފަ އެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 1.000 އިމާމުން އުފެއްދުމެވެ.
މާވެލްގެ "އެވެންޖާސް: އެންޑްގޭމް" ސިނަމާތަކަށް އަންނަނީ!
ސާވިސް ޗާޖަށް ލިބޭ ޑޮލަރު މާރުކުރުން މަނާކުރާ އިސްލާހެއް
ބޮލީވުޑްގެ ކުރިން ވިކީގެ ހުވަފެނަކީ މިއީ!