ސަރުކާރު މުވައްޒަފުން މަދުކުރަން ވެރިކަންކުރާ ޕީއެންސީން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދެއްވައިފި އެވެ.
ރައީސް މުއިއްޒަށް މިފަދައިން ލަފާ އަރުވާފައި ވަނީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި ކޮމިޓީއަކުން އެފަދައިން ނިންމައިގެންނެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އަބްދުއްރަހީމް ވިދާޅުވީ އޭނާ ކޮމިޓީގައި އިންނަވަނީ ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ކަމަށެވެ.
މުވައްޒަފުން މަދުކުރުމަށް ރައީސަށް އެރުވި ލަފާގެ ތަފްސީލު ހޯދަން ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ އެއީ ސިއްރެއް ކަމަށެވެ.
"ތިބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑުމެންގެ ޕާޓީގެ ޗެއާޕާސަނާއި ޕާޓީގެ އިސް ލީޑަރުން ކަންކަމުގަ އަރުވާ ލަފާ އަޅުގަނޑުމެންނަކަށް އަކުރުން އަކުރަށް ކިޔައެއް ނުދެވޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސަރުކާރު މުވައްޒަފުން މަދުކުރަން ނިންމާފައިވާއިރު، ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށެވެ.
ސިޔާސީ މަގާމްތަކަށް 700 އަށްވުރެ ގިނަ މީހުން މިހާތަނަށް ރަައީސް މުއިއްޒު އައްޔަންކޮށްފައިވާއިރު، ސަރުކާރުގެ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން އުޅޭ ކަމަށް ބުނެ މީގެކުރިން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ.
ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ކެބިނެޓްގެ ލަފަޔާއެކު ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ.
އެގްރިކަލްޗަރުގަ ސިޔާސީ. 38 ތަނުގެ ސްޓާފުން. 25 ބޯހަލާކު ވެދާނެ. ކަމެއް އިގެ ތިބީ6 މީހުންވަރު