އުމުރުން 65 އަހަރުން މަތީގެ ބައެއް މީހުންގެ އެކައުންޓަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތިން ގުނަ އިތުރަށް މި މަހުގެ ޕެންޝަން ފައިސާ ޖަމާކުރެވިއްޖެ އެވެ.
ކޮންމެ މަހަކުވެސް ޕެންޝަންގެ ގޮތުގައި އެކި ފަރާތްތަކުގެ އެކައުންޓަށް ޖަމާކުރަން ޖެހޭ 5،000 ރުފިޔާގެ ބަދަލުގައި ބައެއް މީހުންގެ އެކައުންޓަށް މިއަދު 15،000 ރުފިޔާ ޖަމާވެފައިވެ އެވެ.
އިތުރަށް ޖަމާކުރެވުނު ފައިސާ ޓްރާންސެކްޝަންތައް ރިވާސް ކުރުމުގެ މަސައްކަތް ބީއެމްއެލްއިން މިހާރު ދަނީ ކުރަމުންނެވެ.
ޕެންޝަން އޮފީހުން ބުނެފައިވަނީ އެ އޮފީހުގެ އެކައުންޓުން ކެނޑުނީ ރަނގަޅު އަދަދު ކަމަށާއި މައްސަލަ ދިމާވީ ބީއެމްއެލްއިން ކަމަށެވެ.
އެ ބޭންކަށް މިދިޔަ މަހުވެސް ވަނީ އޮޅިގެން ލިލީ ބީޗް ރިސޯޓުގެ ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 77 ބިލިއަން ޑޮލަރު އެމީހުންގެ އެކައުންޓްތަކަށް ޖަމާކުރެވިފަ އެވެ.
އައްޑޫއަށް ވަގަށް އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
ތައިލެންޑުން ކެމްބޯޑިއާއަށް ވައިގެ މަގުން ހަމަލާދެނީ
އިސްތަށިގަނޑު މާ ބޮޑަށް ހިރުވަނީ ކީއްވެ؟
ކީއްތަވާނީ އެންމެ ފަހަރަކުވެސް އޮޅިގެން މަށަށް ލާރިކޮޅެއް ފޮނުވާލަން