ދީނީ އިލްމުވެރިޔާ ޝެއިހް މުހައްމަދު އިޔާޒް އަބްދުލްލަތީފްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކޮށްފި އެވެ.
ބެލެވޭގޮތުގައި ޝާދިޔާ ހައްޔަރުކުރީ ސައުދީ އަރަބިއްޔާގެ ސަފީރު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި އިޒްރޭލާ ދެކޮޅަށް ސިލްސިލާކޮށް އަންހެނުންތަކެއް އިސްނަގައިގެން ކުރަމުންދާ އިހްތިޖާޖާ ގުޅިގެންނެވެ.
ޝާދިޔާގެ އިތުރުން މި ހަރަކާތުގައި ހަރަކާތްތެރިވާ ޑރ. ޝަޒުރާ ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.
އިއްޔެގެ ވަގުތެއްގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު ވަނީ ޝެއިހް އިޔާޒު އަށް އިސްލާމިކް މިނިސްޓްރީން ދެމުންއައި މުސާރަ ކަނޑާލުމާއި ގުޅިގެން ރާއްޖޭގައި ހުންނަ ސައުދީ ސަފީރު ދިރިއުޅުއްވާ ގެކޮޅު ކުރިމައްޗަށް އަނބިމީހާ ފޮނުވައިގެން އިހްތިޖާޖް ކުރުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.
ވޯލްޑް ކަޕާ 2026: ކޮންމެ މެޗެއްގެ ކުރިން ބޯޅަ "ޗާޖު" ކުރަން ޖެހޭ!
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ
އޮސްޓްރޭލިއާ އިން ތުރުކީ ބަލިކޮށްފި
އިޔާޒު އަންހެނުންނާއެކު މުޒާހަރާއަށް ޓެލްއަވިވް އައް ނުދިޔައީ ކީއްވެތޯ
ވަރައް ދޮގު މައުލޫމާތު އެބަހުރިމި ހަބަރުގަ!!