ސެންޓުގެ ގޯޅިތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ މީހަކަށް ފަރުވާދޭން ފަށައިފި އެވެ.
އެ ސަރަހައްދުގައި ހިންގާ ވޯކްޝޮޕެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ދެ މީހާކަށް އަލިފާނުގެ އަސަރުކޮށް ފަރުވާދެމުންދާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ މިރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެކަކުގެ އަތް ފިހިފައިވާއިރު ދެވަނަ މީހަކަށް ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާކަމަށެވެ. ދެ މީހުންނަކީ ވެސް ބިދޭސީންނެވެ.
މި ހާދިސާ ރިޕޯޓުކޮށްފައި ވަނީ މިރޭ 08:43 ހާއިރު ކަމަށް އެމްޑީއެފުން ބުންޏެވެ.
އެ ގޭގައި ރޯވި އަލިފާން މިހާރު ވަނީ ނިއްވާލާފަ އެވެ. މި ހާދިސާގައި އެ ގެއަށް ލިބިފައިވާ ގެއްލުމުގެ ތަފުސީލު އެމްއެންޑީއެފުން ހާމަކޮށްފައި ނުވެ އެވެ.
"ދުރަންދަރް"ގައި އަކްޝޭ ދެއްކި ހުނަރަށް ތައުރީފް އޮހެނީ!
ބީއެމްއެލް އިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ތައާރަފްކޮށްފި
މޭގަންގެ ކިބައިގައި ގޯސް އެތައަ އާދަތަކެއް!