ފ. ނިލަންދޫގައި ނަރުދަމާގެ ޖަންކުޝަންތަކުން މަގުމައްޗަށް ނަޖިސް ލީކުވެ ރައްޔިތުންނަށް އުނދަގޫވެ މުޒާހަރާ ކުރާތީ އެރަށު ކައުންސިލަށް އެކަން ގޯސްވެއްޖެ އެވެ.
ނިލަންދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެރަށުގައި މުޒާހަރާ ކުރީ އެރަށަކީ ސަރުކާރާ ދެކޮޅު ރަށެއްކަން ދެއްކުމަށް ކަމަށެވެ.
މި ހަފްތާގެ ތެރޭގައި ނިލަންދޫ ރައްޔިތުންގެ ބަޔަކު މުޒާހަރާ ކުރީ ޖަންކުޝަންތަކުން މަގުމައްޗަށް ނަޖިސް ލީކުވެ އެތަކެއް ތަކުލީފްތަކެއް އުފުލަމުންދާއިރު ވެސް އެކަން ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަމުން ނުދާ ކަމަށް ބުނެ އެވެ.
މުޒާހަރާގެ ބައިވެރިން ގޮވައިލީ އަވަސް މުއްދަތެއްގެ ތެރޭގައި ސަރުކާރުން އެ މައްސަލަ ހައްލުކޮށްދިނުމަށެވެ. ނަމަވެސް އެރަށު ކައުންސިލުން ދެކޭގޮތުގައި އެފަދަ ކަންކަމަށް ޑިމާންޑްކޮށް މުޒާހަރާ ކުރުމަކީ ގޯސް ކަމެކެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން އެއްވެސް ވާހަކައެއް ނުބުނެ ނިލަންދޫ ކައުންސިލުން ބުނީ އެރަށުގެ ތަރައްގީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގިނަ ގުނަ ކަންތައްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން ކަންތައްތަކެއް ކަމެއް އެ ބަޔާނުގައި ފާހަގަކޮށްފައެއް ނެތެވެ.
ނިލަންދޫ ކައުންސިލުން ދެކޭގޮތުގައި ޖަންކުޝަންތަކުން މަގުމައްޗަށް ނަޖިސް ލީކުވާ މައްސަލާގައި މުޒާހަރާ ކުރުމަކީ ރައީސް މުއިއްޒާ މެދު ނަފްރަތު އުފެދޭފަދަ އަމަލުތަކެއް ރާވައި ހިންގުމެވެ.
ކައުންސިލު ތިޔައޮތީ އެއް އަތަށް މާބޮޑަށް އަރިއަޅާފައެއްނު ކައުންސިލު ރައްޔިތުން ނުކުމެ ސާފުކުރަން ޖެހޭ
ރަގަޅައް ތިިޔަވަނީ ރައިޔަތުންނަ އެތަކެއް ވައުދެއް ވެފައިވެރިކަމައް އައިސްރައިޔަތުންގެ ހާލަތު ނުބަލާ އުޅެންޏާ ފެންނާނީތިޔަ ކަހަލަ މަންޒަރު އަދިރާއްޖޭގެ ހުރިހާރަޝަކުން ސަރުކާރާއި ދެކޮޅަ ބޯޑުހިފައިގެން ރައިތުނިކުންނަ މަންޒަރު ފެންނަން ފަޝާފާނެ