އައިޖީއެމްއެޗުގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުކުރި ނަރުސް ސަސްޕެންޑްކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލްގެ އަންހެން ނަރުހަކާ ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުންދާކަމަށް އިއްޔެ ފުލުހުންވަނީ ބުނެފަ އެވެ.
އެ މައްސަލަ ބަލައިދިނުމަށް އެދި އެ އިދާރާ އަށް ހުށަހަޅާފައިވަނީ އައިޖީއެމްއެޗުން ކަމަށް ފުލުހުން ބުނެ އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށާއި އެ ނަރުސް މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
އެ ނަރުހަކީ ކުރިން ވޯޑު އިންޗާޖެއް ނަމަވެސް މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މަސްއޫލިއްޔަތު ނަގާފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.
މަސްތުވާތަކެތީގެ އެތައް މައްސަލައެއް ކޮންމެ އަހަރަކު ފުލުހުންނަށް ހުށަހަޅާއިރު، ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މަސްތުވާތަކެއްޗާ ގުޅުންހުރި 1،010 މައްސަލައެއް މި އަހަރުގެ މިހާތަނަށް ހުށަހަޅައިފައިވެ އެވެ.
އީއައިއޭ ނުހަދައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުން ޖޫރިމަނާ
އެމެރިކާ ސިފައިންގެ ބޮންއަޅާ ބޯޓެއް ވެއްޓި 8 މީހުން މަރުވެއްޖެ