ކުޑަކުދިންނަށް އާއްމުކޮށް ދޭ ބޭހެއް ކަމަށްވާ އެލެގްރާ ބޭހުގެ ތިން ބެޗެއްގައި ކޮލިޓީ މައްސަލައެއް ފާހަގަކުރެވިފައިވާތީ އެ ތިން ބެޗުގެ ބޭސް ރާއްޖޭގައި ބޭނުން ނުކުރުމަށާއި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެކަމާ ގުޅޭގޮތުން އެމްއެފްޑީއޭއިން މިއަދު ބުނީ ރާއްޖެ އެރެތެކޮށްފައިވާ Allegra 30mg/5ml suspension (Fexofenadine hydrochloride) ބައެއް ބެޗްތަކުން ކޮލިޓީ މައްސަލައެއް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން އެލެގްރާ ބޭހުގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ބޭސް އުފައްދާފައިވާ ކުންފުނިން އެލާޓް ކޮށްފައިވާ ކަމަށާއި، އެހެންކަމުން މި ތިން ބެޗް ރާއްޖެ އެތެރެކުރުމާއި، ވިއްކުން އަދި ބޭނުންކުރުމަކީ މަނާކަމެއްކަމެއް ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

ކޮލިޓީ މައްސަލަ އުޅޭކަމަށް ފާހަގަކޮށްފައިވާ ތިން ބެޗުގެ ނަމްބަރުތަކަކީ: AL1223019، AL1223029، AL1223060

މި ބޭހުގެ މަތީގައިވާ ބެޗްތަކުގެ ބޭސް ފާރމަސީ، ބޭސް ގުދަނެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރިނަމަ އެކަން އެ އޮތޯރިޓީގެ އީމެއިލް [email protected] މެދުވެރިކޮށް އެންގުމަށް އެމްއެފްޑީއޭއިން އެދެ އެވެ.

މި ބޭހަކީ އިންޑިޔާގެ ސަނޯފީ އިންޑިއާ ލިމިޓެޑުން އުފައްދާ ބޭހެކެވެ.