ހދ. ކުޅުދުއްފުށީގައި ބިދޭސީއެއްގެ އަތުން ފޭރުނު ދިވެހި އަންހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީގައި ބަންގްލަދޭޝް ފިރިހެނެއްގެ ވޮލެޓް ދިވެހި އަންހެނަކު ފޭރުނު މައްސަލައެއް ހުކުރު ދުވަހު ހަވީރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އިއްޔެ އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުން ބިދޭސީއަކު އަންހެންނެއްގެ ޓީޝާޓުގައި ހިފަހައްޓައިގެން ހުރެ އެވެ. އަދި އެ އަންހެންމީހާ ގޮސް ސައިކަލަށް އެރުމުން ވެސް ޓީޝާޓުގައި ހިފަހައްޓައިގެން ހުރެ ބިދޭސީ މީހާ ދިޔައީ އެއްޗެހި ކިޔަމުންނެވެ. މީސް މީޑިއާގައި ދައުރުވާ ވީޑިއޯއާ ގުޅިގެން އެނގުނު ގޮތުގައި އެ އަންހެންމީހާ ވޮލެޓް ފޭރިގަނެފައިވަނީ 9000 ރުފިޔާއާއެކު އެވެ.
މި މައްސަލައާ ގުޅިގެން އެ އަންހެން މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެމެރިކާގައި މޭވާ ރަހަތަކުގެ ވޭޕް ވިއްކުމުގެ ހުއްދަ ދީފި
މެޓް ގާލާ: ބައިވެރިންނަށް މަނާ ކުރެވިފައިވާ 8 ކަމެއް!
އެސްޓީއޯ އިން ހަނޑޫ ހުސްވާން ކައިރިވުމުން ކޮންޓްރޯލް ކޮށްފި