އީރާނުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންފައިވާ ޑރ. މަސްއޫދު ޕެޒެޝްކިއާން މަގާމުގެ ހުވައި ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ރަސްމީ ދަތުރުފުޅެއްގައި މިއަދު އީރާނަށް ވަޑައިގެންފި އެވެ.
ނައިބު ރައީސް އީރާނުގެ އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ އީރާނުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ ޑެޕިއުޓީ ސްޕީކަރު އަލާއުއްދިން ބުރޫޖަރްދީ އެވެ.
އީރާނުގެ އާ ރައީސް މަގާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. އީރާނަށް އާ ރައީސަކު އިންތިހާބު ކުރީ ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި އެ ގައުމުގެ ކުރީގެ ރައީސް ހަސަން ރޫހާނީ އަވަހާރުމުންނެވެ.
ދިވެހިރާއްޖެއިން އީރާނާއެކު ސިޔާސީގޮތުން އަލުން ގުޅުން ގާއިމުކުރީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ.