މީގެ ދެ ދުވަހެއް ކުރިން މެގަސްޓާ އަމީތާބް ބައްޗަން ވަނީ ސާޖަރީއެއް ކުރަން އުޅޭކަން ހާމަކޮށްފަ އެވެ. އެއާއެކު އޭނާގެ ފޭނުން ވަނީ ކަންބޮޑުވެފަ އެވެ. ނަމަވެސް އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫންކަމަށް މިވަނީ ބުނެފަ އެވެ.
"އެއީ މާ ބޮޑު ކަމެއް ނޫން، ކެޓަރެކްޓެއް ނެގުމަށް ލޭޒާ އައި ސާޖަރިއެއް ކުރީ. ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ގެއަށް ބަދަލުކުރާނެ،" އަމީތާބްއާއި ގާތް ފަރާތަކުން މީޑިއާއަކަށް މައުލޫމާތު ދީފައިވެ އެވެ.
އަމީތާބްގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާ އިރު "ޗެހެރޭ"، "ބްރަހްމަސްތްރާ"، "ޖުންދު"، "މޭޑޭ" އަދި ނަގް އަޝްވިންގެ ފިލްމެއް ވެސް ހިމެނެ އެވެ.
ތުރުކީއާއެކު ހެދި އެފްޓީއޭ އަށް އަމަލުކުރަން ފަށައިފި
މޮރޮކޯއިން ސްޕެއިނަށް އެތެރެވާން އުޅުން 57 މީހުން މަރުވެއްޖެ
ގަސް އިންދުން ބޭސް ސިޓީގައި!

އަސްލުވެސް