ސްކޫލް ނެތްރަށްތަކުގައި ސެޓަލައިޓް ސްކޫލިން ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
"ރަށްވެހި ފަތިސް" ކެމްޕްއިނުގައި ބ. އަތޮޅުގެ ކެންޑިޑޭޓިނުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން، ބ. ފެހެންދުއަށް އިޝާރާތްކުރައްވާ ޑރ. އައިޝަތު ވިދާޅުވީ ސްކޫލް ނެތް ރަށްރަށުގައި މިއަހަރުގެ އޮގަސްޓު މަހު ސެޓަލައިޓް ސްކޫލިން ގާއިމްކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އެހެންނަމަވެސް، މިނިސްޓަރު ވިދާޅުވީ ކިޔަވައިދިނުމުގެ މަސައްކަތް ފެށޭނީ އަންނަ ދިރާސީ އާ އަހަރު ކަމަށެވެ.
މީގެ އިތުރުން ޑރ. އައިޝަތު ވިދާޅުވީ ޕީއެސްއައިޕީ ބަޖެޓުގައި ހިމެނިފައިނުވާ އެތައް ކަމަކަށް މިނިސްޓްރީގެ ބަޖެޓުން ހަރަދުކޮށްގެން ރަށްތަކުގެ ތައުލީމީ ދާއިރާއަށް ކޮށްދެވޭތޯ ބަލަމުން ގެންދާކަމަށެވެ. އަދި އެއަތޮޅުގެ އެކި ރަށްތަކުގައި އިތުރު ކްލާސް ރޫމާއި ސްޓާފް ރޫމް އެޅުމާއި ތަންތަން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވާފަ އެވެ.
ވޯލްޑް ކަޕާ 2026: ކޮންމެ މެޗެއްގެ ކުރިން ބޯޅަ "ޗާޖު" ކުރަން ޖެހޭ!
މާފަރުގެ 10 ގެއަކަށް ފެންވަދެ ގެއްލުންތަކެއް
36 އަހަރުގައި ޓޭލާ ސޯންގްރައިޓާސް ހޯލް އޮފް ފޭމްއަށް!
