ރާއްޖޭގެ ކޮވްޑްގެ ހާލަތަށް ރިއާޔަތްކޮށް މާލޭގައި ޖަމާއަތުގައި ނަމާދުކުރުން ވަގުތީގޮތުން މެދުކަނޑާލުމަށް މަޝްވަރާ ކުރައްވައިފި އެވެ.
ޖަމާއަތުގައި ނަމާދުކުރުން މެކަނޑާލުމާމެދު އިސްލާމިކް މިސްޓްރީން ދީނީ އިލްމުވެރިންނާއެކު ރޭ މަޝްވަރާކުރެއްވި އެވެ.
ނަމަވެސް މިކަމާގުޅޭގޮތުން އަދި ގޮތެއް ނިންމިފައި ނުވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރުވަނީ ޖަޒީރާ ނޫހަށް ވިދާޅުވެފަ އެވެ. އަދި ވަކިގޮތެއް މިއަދު ނިންމަވާނެކަމަށް ޑރ. ޒާހިރު ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވުމުގެ ސަބަބުން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ވެސް މާލޭގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލި އެވެ. އަދި އެކިފަހަރު އަތޮޅުތެރޭގެ ބައެއް މިސްކިތްތަކުގައި ވެސް އެކިފަހަރުމަތިން ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލެވުނުވެ.
މީގެ ކުރިން ސައުދީ އަރަބިއްޔާ ފަދަ ބޮޑެތި އިސްލާމީ ގައުމުތަކުގައިވެސް ކޮވިޑްގެ ނުރައްކާ ބޮޑުވެ މިފަޔަވަޅު ވަނީ އަޅާފަ އެވެ.
އަތޮޅުތެރެއަށް ކުރާ ކެމްޕޭން ދަތުރުތައް މީކާއީލް މިއަދު ފަށަނީ
ސޯޝަލް މީޑިއާ: ގުޅުންތައް ބަދަހިކުރަނީތަ ނުވަތަ ރޫޅަލަނީތަ؟
އެމްޑީޕީން އެންމެ ކަމުނުދާ ކަމަށް ބުނި ވަޒީރުންނަށް ވެސް ވޯޓުދިން

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑައިލާން އަޅުގަނޑުމެން ހޭހުރެ ތާއީދެއް ނުކުރާނެވާހަކަ ދަންނަވަން ވަރަށްވަރަށްސާފް އިނގޭތޯ