ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބެލުމުގެ ދަށުން، ހދ. ހަނިމާދޫގައި ހުންނަ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ހޯދަމުންދިޔަ މީހަކު މިއަދު ހެނދުނު މަރުވެއްޖެ އެވެ.
އެންޑީއޭއިން ވަނީ ހަނިމާދޫ ޑިޓޮކްސް ސެންޓަރުގައި ފަރުވާހޯދަމުންދިޔަ މީހަކު މަރުވިކަން ޔަގީންކޮށްދީފަ އެވެ.
އެންޑީއޭއިން ކުރި ޓުވީޓެއްގައި ބުނީ މިމައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ފުލުހުން މިހާރު އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާ ކަމަށެވެ.
މިމައްސަލައާ ގުޅޭ އިތުރު ތަފްސީލް އެންޑީއޭއިން ހާމަކޮށްފައި ނުވާއިރު މައްސަލައާ ގުޅިގެން ފުލުހުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އީރާނުގެ ސަލާމަތާ ބެހޭ ވެރިޔާ އަވަހާރަކޮށްލައިފި
ލަންކާއިން މަސައްކަތު ހަފްތާ ހަތަރު ދުވަހަށް ބަދަލުކޮށްފި
ދިރާގުން ދޭ ފަހު ސްޕީޑް ބޯޓު ހޯދުން މިމަހުގެ ނިޔަލަށް
