ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ތެރެއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު މިއަދު ފެނިއްޖެ އެވެ.
މަރުވެފައި އޮއްވާ ފެނުނީ ބިދޭސީއެއް ކަމަށާއި އަދި އެ މީހާގެ ހަށިގަނޑު ފެނުނީ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީހުރި އިމާރާތެއްގެ ތެރެއިން ކަމަށް ވެ އެވެ.
އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި ފުލުހުން ދަނީ އެމީހާގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.
ފުލުހުން ވަނީ މި ހަބަރުގެ ސައްހަކަން ކަށަވަރުކޮށްދީފަ އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ކޮންސްޓްރަކްޝަން ސައިޓެއްގެ ތެރެއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނުނުކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މެންބަރުންނަށް އިންޝުއަރެންސް ލިބުން ދަތިވެ، އެލައިޑް މަޖިލީހަށް
ސަލްމާންގެ ސިއްހަތާމެދު ދެކެވޭ ވާހަކަތަކަށް ޖަވާބު ދީފި
ދޮށިމޭނާ ބިލްޑިން ކައިރި އެއްގަމު ތޮށި ސިފައިންނަށް
