މިއަދު ފަތިހު ފިލާ ބިލްޑިންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ ފިލާ ބިލްޑިންގް ގެ ތިންވަނަ ފަންގިފިލާ ބެލްކަނީގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލާފައި ވާކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ރޭ 04:41 ލިބުމުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ވާކަމަށް އެމްޑީއެފުން ބުނެ އެވެ.
މި ހާދިސާގައި ފިލާ ބިލްޑިންގްގެ ތިންވަނަ ފަންގިފިލާ ބެލްކަނީގައި ހުރި ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވީނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެ އެވެ.
ބޮލީވުޑްގެ ކުރިން ވިކީގެ ހުވަފެނަކީ މިއީ!
ހިކެން ކިތަންމެ ބޭނުން ވިޔަސް ކޮށްގެން ނުވާނެ ކަންތައްތަކެއް!
"އެނިމަލް"ގެ މަންޒަރުތަކެއް ސައިފްގެ ގޭގައި!