މެލޭޝިއާގެ ބޯޑަރުތައް އަވަސްއަރުވާލައިގެން ހުޅުވުމަށް ސަރުކާރުން ބާރުނާޅާނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު މުހިއްދީން ޔާސީން ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އެއާ ހިލާފަށް ބޯޑަރުގެ ކޮންޓްރޯލް ވަރުގަދަކޮށް، ގަވާއިދާއި ހިލާފަށް އެތެރެވާނެ އުޅޭ ބިދޭސީން ހުއްޓުވާ، ގައުމަށް ކޮވިޑް-19 އެތެރެވިޔަ ނުދިނުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެ އެވެ.
މުހްޔިއްދީން އިތުރަށް ވިދާޅުވި ގޮތުގައި ބޯޑާ ކޮންޓްރޯލް ވަރުގަދަ ކުރުމުން ގައުމުން ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް އުނދަގޫތަކާ ކުރިމަތި ވާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް ކޮރޯނާވައިރަހުން ގައުމު ރައްކާތެރި ކުރުމަކީވެސް މުހިއްމު ކަމެއް ކަމުގަ އެވެ.
މެލޭޝިއާގެ ބޯޑަރުތައް މިވަގުތު ހުޅުވާލެވިފައިވަނީ ވިޔަފާރީގެ ބޭނުންތަކަށް އެކަންޏެވެ.
ބޮޑުވަޒިރު ވިދާޅުވި ގޮތުގައި އެޕްރީލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުުގެ 15 ދުވަހާއި ހަމައަށް އެ ގައުމަށް ދަތުރުކުރި 1،017 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެ އެވެ. -ޗެނަލް ނިއުސް އޭޝިއާ
ސޯޝަލް މީޑިއާ: ގުޅުންތައް ބަދަހިކުރަނީތަ ނުވަތަ ރޫޅަލަނީތަ؟
މިނިވަން ނޫސްވެރިކަމުގެ އިންޑެކްސް އިން ރާއްޖެއަށް ވެއްޓުމެއް
އުރަމަތީ ކެންސަރަށް ހާއްސަ ފުރަތަމަ ޑޮކްޓަރަކަށް ޑރ. އަލްތާފް
