މިސްކިތެއްގައި އޮތް ކީރިތި ޤުރުއާންގެ ހަތިމެއް ވީދާލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ މަންނާނެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފަ އެވެ.
ފުލުހުން ހުށަހަޅާފައިވާ ހާދިސާ ރިޕޯޓުން އޭނާ މިސްކިތުގައި އޮތް ހަތިމެއްގައި ދަތްއަޅައި ވީދާލައިފައިވާ ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ. އެ އަމުރުގައި އޭނާ ބަންދުގައި ބެހެެއްޓުމަށް އަމުރުކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވާތީ އާއިއޭނާއަކީ ބިދޭސީއަށްވުމުން ފިލައިގެން ހިނގައިދާނެތީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް އަމުރުގައިވެ އެވެ.
މީގެ ކުރިން ހަތިމަށް ކުޅު ޖަހައިގެން ދިވެހި ފިރިހެނަކު ވެސް ހައްޔަރުކުރި އެވެ. އެ މީހާ ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރިން ހުކުމްކުރި އެވެ.
ކެއުމުން ފަލަވަނީ، ނުކައި ހުރުމުން ވަރުބަލިވަނީ، ހައްލަކީ ކޮބާ؟
ބިސް ރައްކާ ކުރުމުގައި ހެދޭ ގޯސްތަކާއި އޭގެ ރަނގަޅު ގޮތް!
މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް