އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ލިއޮނަލް މެސީއާއި ސްޕެއިންގެ އުންމީދީ ކުޅުންތެރިޔާ އުމުރުން 16 އަހަރުގެ ލަމީން ޔަމާލް މާ ކުރިން ދިމާވެފައިވާ ކަމަށް ހާމާވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މި ފޮޓޯގައި ފެނިގެން ދަނީ މެސީ އާއި ޔަމާލް 2007 ގައި ނަގާފައިވާ ފޮޓޯއެކެވެ. އޭރު ޔަމާލްއަށް އެންމެ 6 މަހެވެ. ޗެރިޓީ ކެންޕޭނަކަށް މެސީ އާއެކު ނެގި މި ފޮޓޯގައި މެސީ އިންނަނީ ޔަމާލް ފެންވަރުވާށެވެ.
މި ފޮޓޯ ދައުރުވާން ފެށުމާއެކު ފޭނުންނަށް ވަނީ ހައިރާންކަމެއް ލިބިފަ އެެވެ. އަދި މިއީ ދެ ލެޖެންޑުންގެ ފެށުން ކަމުގައި ބުނަމުންނެވެ.
އުމުރުން 16 އަހަރުގެ ޔަމާލްވަނީ ސްޕެއިންގެ ގައުމީ ޓީމަށް އަރާފަ އެވެ، އަދި އޭނާ ދަނީ މިހާރު ހިނގަމުންދާ ޔޫރޯގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ގިނަ ފޭނުން ބުނަމުން ދަނީ ޔަމާލް ވެގެން ދާނީ ދެވަނަ މެސީ އަށް ކަމަށެެވެ.
ފަހި ފުލެޓުތައް ކައިރިން ކުނި ނައްތާލަން 13.5 މިލިއަން ހަރަދުވި
ނިދާއިރު އަނގައިގައި ޓޭޕް އެޅުން: މިއީ ކޮން ކަހަލަ ޓްރެންޑްއެއް؟
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބާއްވަނީ