މާލެ އާއި ހުޅުމާލެ އާ ދެމެދު ހައި ސްޕީޑް ކެޕޭސިޓީ ފައިބާ އޮޕްޓިކް ނެޓްވޯކަކުން ގުޅުވާލައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި ނެޓްވޯކް ގާއިމުކުރި އިރު، އެ ކުންފުނިން ކުރިން ވަނީ ހުޅުމާލޭގެ އެއްވަނަ އާއި ދެވަނަ ފިޔަވަހީގައި ވެސް ފައިބަ އޮޕްޓިކް ނެޓްވޯކު އަޅައިފަ އެވެ.
އެޗްޑީސީގެ ފައިބަ އޮޕްޓިކް ނެޓްވޯކުގެ ތެރެއިން ލީސް ލައިނާއި ޑާކް ފައިބަގެ ހިދުމަތަށް އެދުމުގެ ފުރުސަތު ވެސް ވިޔަފާރިތަކަށް މިހާރު އޮތީ ހުޅުވާލައިފަ އެވެ.
"ވިޔަފާރިތަކަށް ހެޔޮ އަގެއްގައި ޑޭޓާ ކަނެކްޓިވިޓީ ފޯރުކޮށްދިނުމަކީ އެޗްޑީސީގެ އަމާޒެއް. އެހެންކަމުން، މި ނެޓްވޯކް މާލެ އާއި ހުޅުމާލެއާ ދެމެދު ގުޅުވާލެވުމާއެކު، ވިޔަފާރިތައް ބާރުވެރިކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ." އެޗްޑީސީން ބުންޏެވެ.
މި ހިދުމަތް ހޯދާ ކަސްޓަމަރުންނަށް އެއް މަސް ދުވަހުގެ މުއްދަތަކަށް ހިލޭ ހިދުމަތް ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ޑާކް ފައިބާއަކީ ބޭނުންނުކޮށް ހުންނަ ފައިބާ ކޭބަލްތަކެވެ. މި ކޭބަލްތައް ގަންނަ ވިޔަފާރިތަކުން އާންމުކޮށް މި ބޭނުންކުރަނީ ޕްރައިވެޓް ނެޓްވޯކުތައް ހިންގުމަށެވެ.
މި ނެޓްވޯކް ގާއިމު ކުރުމާ އެކީ ކަނެކްޓިވިޓީ ހިދުމަތަށް އެންމެ ފުރަތަމަ ސޮއިކުރީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.
އެމްޓީސީސީ 30،000 ރުފިޔާއިން ޖޫރިމަނާކޮށްފި
ބިސް ރައްކާ ކުރުމުގައި ހެދޭ ގޯސްތަކާއި އޭގެ ރަނގަޅު ގޮތް!
އެލާމް ގަޑީގެ ކުރިން ހޭލެވުން: ހަށިގަނޑުގެ ގުދުރަތީ ނިޒާމެއް!