ޖައްވީ ދިރާސާތަކާއި ހޯދުންތައް ހޯދުމުގައި ހަރަކާތްތެރިވާ ސައިންސްވެރިން ބޭނުން ކުރަމުން އަންނަ ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން ފަނާކޮށްލުމުގެ ހުއްދަ އެ ސްޓޭޝަންގެ ބެލެނިވެރި ނާސާއިން ދީފި އެވެ.
ދެހާސްވަނަ އަހަރުން ފެށިގެން އެކި ކަންކަމުގައި ބޭނުންކުރަމުން އަންނަ އެ ސްޓޭޝަން ފަނާ ކޮށްލުމުގެ ހުއްދަ ނާސާއިން ދީފައިވަނީ މަހުޖަނު އެލަން މަސްކްގެ ކުންފުނި "ސްޕޭސް އެކްސް" އަށެވެ.
އެގޮތުން ޖައްވީ ސްޓޭޝަން ކަފު ޖަހައިގެން ދުނިޔޭގެ ސަތަހައަށް ގެނެސް ކަނޑަށް ވައްޓާލުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެއް ސްޕޭސް އެކްސްއިން ތައްޔާރު ކުރާނެ އެވެ.
ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން މިހާތަނަށް ބަލަހައްޓަމުން އައީ ޖައްވީ ދިރާސާތައް ކުރުމުގައި ހަރަކާތްތެރިވާ ބޮޑެތި ގައުމުތަކުގެ މެދުގައި އެކުލަވާލެވުނު ކޮންޓްރެކްޓެއްގެ ދަށުންނެވެ. ނަމަވެސް އެ ކޮންޓްރެކްޓްގެ މުއްދަތު 2030 ވަނަ އަހަރު ހަމަވާއިރު އޭގެ ފަހުން އެ ސްޓޭޝަން ދުނިޔެއަށް އަނބުރާ ގެނެސް ފަނާކޮށްލަން ޖެހޭނެ އެވެ.
ސްޕޭސް އެކްސްއާ ހަވާލު ކުރެވިފައިވާ ޖައްވީ ސްޓޭޝަން ފަނާ ކޮށްލުމުގެ ޕްރޮޖެކްޓަކީ ޖުމްލަ 843 މިލިއަން އެމެރިކާ ޑޮލަރުގެ އަގުބޮޑު ޕްރޮޖެކްޓަކެވެ.

އެސްޖޭއަށް ނޭޅުނު ޒިކުރާ މިސްކިތް އިމާރާތްކުރަން ބިންގާ އަޅައިފި
އާތިފް އަސްލަމްގެ ބަންގީގެ އަޑަށް ތައުރީފް އޮހެނީ!
އަލިފާނުގައި މަރުވި ދެ ބިދޭސީއެއްގެ ހަށިގަނޑު ގައުމަށް ފޮނުވައިފި